theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
މުއިއްޒުގެ ގަޓް ހުރިއްޔާ ގައުމު ލޫޓުވާ ކޮރަޕްޓް މީހުންގެ މައްޗަށް މަރުގެ އަދަބު ގެންނަވާ: ޑރ. ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ގަޓު ހުންނެވިނަމަ ގައުމު ލޫޓުވާ ކޮރަޕްޓް މީހުންގެ މައްޗަށް މަރުގެ އަދަބު ގާއިމުކުރުމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެކްސް އެކައުންޓްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަ މުއިއްޒު ދައްކަވާ ކަމަށާއި މުއިއްޒުގެ ކެރިވަޑައިގަންނަވާ ނަމަ މި ގައުމަށް ތަކުރާރުކޮށް ޖެހިފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ ގައުމު ލޫޓުވާ ކޮރަޕްޓް މީހުންގެ މައްޗަށް މަރުގެ އަދަބު އިއްވުމަށް އެމަނިކުފާނު ގޮވާލާފައިވެއެވެ.

ޗައިނާ ފަދަ ގައުމުތަކުންވެސް ނުޙައްގުން ހޯދާ މުއްސަދިކަމަށް ދެނީ މަރުގެ އަދަބު ކަމަށާއި މި ކުޑަ ކުޑަ ރާއްޖޭގައި މިފަދައިން އަމަލުކުރެވިގެންދާނަމަ ކޮރަޕްޝަނާއި ބޮޑެތި ޚިޔާނާތުގެ ވަބާއިން ގައުމު ސަލާމަތްކުރެވިގެންދާނެ ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލް މިފަދައިން ފާހަގަކުރައްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލައިގައި ސަރުކާރުގެ ބައިވެރިން ހިމެނިފައިވާއިރު، ޚުދު މުއިއްޒުގެ ޝާމިލުވުންވެސް އޮތް ކަމަށް ލީކުވެފައިވާ ރިޕޯޓްތަކުން ދައްކައެވެ.

ޤައުމެއް މިމިންވަރަށް ލޫޓްވާން ވެރިޔަކު ޖާގަ ދޭތަނެއް ވާނީ ފަގީރު ކަމަށާ ރައްޔިތުން މަގުމަތީގައި ސަލާންޖަހަން މަޖްބޫރުވާނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved