March 17, 2026
Advertisement
ޖަމީލް މޫސާ
ޖަމީލް މޫސާ / ރައީސް އޮފިސް

ހައި ކޯޓުގެ ފަނޑިޔާރަކަށް ޖަމީލު މޫސާ އައްޔަންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 05:55 PM
މާލެ ސިޓީ

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުﷲ ޖަމީލް މޫސާ ރޭ އައްޔަންކޮށްފި އެވެ.

Advertisement

މި މަގާމަށް ޖަމީލް އައްޔަނުކޮށްފައިވަނީ ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ. މަގާމުގެ ލިއުން ޖަމީލާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް 17 ބޭފުޅުން ކުރުމަތިލައްވާފައިވާއިރު، މުއިއްޒު ބޭނުންފުޅުވީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވި މުހައްމަދު ޝަހީދު އައްޔަނުކުރުމަށެވެ.

ނަމަވެސް އާންމުންގެ ފާޑުކިޔުންތައް ބޮޑުވެ ޝަހީދުގެ ބަދަލުގައި ޖަމީލް ވަނީ ރޭ އައްޔަނުކޮށްފައެވެ.

ޖަމީލަކީ ފަނޑިޔާރު ކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވާފައިވާއިރު 1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019އަށް ސިވިލް ކޯޓުގެ ގާޒީކަންވެސް ޖަމީލް ވަނީ ކުރެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved