theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝުޖާއު / ސޯޝަލް މީޑިއާ
ސިޔާސީ
މާލިއްޔަތު ކޮމިޓީއިން ޝުޖާއު ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފި
Sudha Latheef
ސުދާ ލަތީފް
04 އޯގަސްޓު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައި އޮއްވާ އޭނާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލުތަކެއް ގެނައިކަން އިއުލާން ކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އެ ކޮމީޓީއިން ވަކިކުރައްވާފައެވެ. އަދި ޝުޖާއުގެ ބަދަލުގައި ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމިޓީއަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އައްޔަން ކުރައްވާފައެވެ.

ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށްފައިވާއިރު އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ފައިސާ ދޮވުމުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved