theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު ސަރުކާރުގެ މޮޓޯ: "ވަގުންގެ ވެރިކަން ތިން ބާރޯ، ޤަޢުމުގެ ޚަޒާނާ އެކީ ދިރުވާށޯ" / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒު ސަރުކާރުގެ މޮޓޯ: "ވަގުންގެ ވެރިކަން ތިން ބާރޯ، ޤަޢުމުގެ ޚަޒާނާ އެކީ ދިރުވާށޯ"
Mariyam Isaadha
މަރިޔަމް އިސާދާ
04 އޯގަސްޓު 2025
މާލެ ސިޓީ

ވައްކަމާ ކޮރަޕްޝަން އާ ފަސާދައަސް ދިވެހިންގެ ރާއްޖޭގައި ޖާގައާ ފުރުސަތުވެސް ލިބިދާނެ ކަމަށް އަހުރެން ކުޑައިކޮށްވެސް ހީނުކުރަމެވެ. އެއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ކެންޑިޑޭޓު މުހައްމަދު މުއިއްޒު ކަރުން ނާރު ފުއްޕާފައި އަޑު ހަރުކޮށް އެކަމާ ދެކޮޅަށް ދެއްކި ވާހަކަތައް އަޑު އިވިފައި ހުރުމުންނެވެ. ހިތަށް އެރިއެވެ. ނޫނޭވާ ނިކަން ހިތްވަރު އެބަހުއްޓެވެ. ގައުމު ހަމަ މަގަށް އަޅުވަން ބޭނުން ވަނީ މިކަހަލަ ރައީސެެކެވެ.

މިއި އިންތިހާބުވުމުގެ ކުރރީގެ ވާހަކައެވެ. އިންތިހާބުވުމަސް ފަހުވެސް ވަރަށް ވަރުގަދަ ވާހަކަފުޅު ދެއްކެވިއެވެ. ވައްކަމާ ކޮރަޕްޝަނާ ރޫލު އޮފް ލޯ ގާއިމު ކުރުމާ މިހިރަ މިހިރަ ކަންކަމާ ގުޅޭ ގޮތުންވެސް މެއެވެ.

ގާނޫނު އަސާސީއާ ގާނޫނުތައް ތަންފީޒުކުރުމުގައި ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މިގައުމުގައި ހިންގުމުގައި އެއްވެސް މީހަކު، ތަފާތު ނުކުރާ ކަމަށާ ނުވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެމީހެއްގެ ހަސަބަކަށް ނަސަބަކަށް މަގާމަކަށް މުއްސަދިކަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް އަދި އެނޫންވެސް ކަމަކަށް ބަލާ އެފަދަ ކަންކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ. އެދުވަހުވެސް ހިތަށް އެރިއެވެ. ނާ ހާދަހާވާ އަޒުމު ވަރުގަދަ ރައީސެކެވެ.

ނަމަވެސް އެމަނިކުފާނު ނުފޯރާ ފޮތިން ގެޅިފޫ މޮހެވި ސޯޓު ބޭލެން ނެގީ ހަމަ ކުޑަ ކުޑަ ވަގުތު ކޮޅެކެވެ. އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ވަގުންގެ ފައުޖެއް އުފެދި މުޅި ޚަޒާނާ ލޫޓުވާ ވާހަކަ ތިލަވީ ބަޑި ތަކުރު ވިހޭ ރޭ އަލަފަތްވެސް ނާންނަ ހާ ތިޔާގި ކަމާއެކުއެވެ.

އެސްއޯއީތަކުގެ ވެރިން ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް އެ އެސްއޯއީތަކަށް ވަންނަ އާމްދަނިއއިން ބައެއް މުލިއާގެއަށް ގެންދާކަން ފަޅާ އަރާ، އެކަންކަން ތިލަވުމުން ގޯސްވީ އެ އެސްއޯއީތަކުގެ ވެރިންނެވެ. ކަނޑާ ގެއަސް ފޮނުވާލީ ތިމަން މަނިކުފާނުގެ ނަން ނިކަން ސާފުކޮށް އޮންނާނެކަމަށް އުއްމީދުކުރައްވައިގެންނެވެ. ނަމަވެްސ އެންމެނަކު އަބަދަކު ކުޑަ ކަކޫ ނުޖަހާނެކަން އޭގެ ތެރެއިން ބައެއް ބޭފުޅުން ދެއްކިއެވެ. ވައްކާ ކޮރަޕްޝަންގެ ވާހަކަ ދައްކަންޏާ އެ ބޭފުޅުންވެސް ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށް ބުނެ އަނގަ ހުޅުވަން މަޖްބޫރުނުކުރުމަށް އިންޒާރުދިނެވެ. މިއާއެކު ހުރިހާ ރައްޔިތުންނަށް ކަންވަމުންދާ ގޮތް ރޭކާލިއެވެ.

މިހުރިހާ ރޯޔަލްވަންކަންފުޅުތަކެއް މިކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ގަނޑުވަރުގައި ހުންނަވާ ދެއްވާ ކޮމާންޑުތަކަކަށް ކަން އެންމެންނަށް އެނގި ރައީސް މުއިއްޒުގެ "ކައްޒާބު"ކަން އެންމެންނަށް އެނގިގެންދިޔައެވެ.

ފިޔަވަޅު އެޅުމުގައިވެސް ތަފާތު ކުރުން ގެންގުޅޭކަމުގެ އަޑުތައް އިވެމުންދާއިރު ނިކަން ސާފުކޮށް އެކަންކަން ބަލަން ތިބި ރައްޔިތުންނަށް ވެސް ވަނީ ހާމަވެފައެވެ. ކޮންމެ އަކަސް އެ ވާހަކަ ދައްކާކަށް ނޫނެވެ. ވައްކަމާ ކޮރަޕްޝަން ފެނި މި ސަރުާކުރގެ ވެރިން މޭނުވައި ކުރާ ވާހަކަ އަޑު އެހީމުތޯއެވެ. ސުބުހާނަﷲއެވެ. މި ޕީއެންސީގެ ސަރުކާރުގައި ވައްކަމާ ކޮރަޕްޝަންގެ ވާހަކަ ބޮކި އަލިވާ ހިސާބުގައިވެސް ދެއްކެން ނެތެވެ.

މަޖިލީހުގެ ކޮންމެ މެމްބަރަކު ނަގުދު ބައި ލައްކަ މުސާރައިގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ ވާހަކަ އިވި ރަށުތެރޭގައި އިސާހިތަކު ފެތުރުނަމަވެސް އެކަން ރައީސުލްޖުމްހޫރިއްޔާ ދޮގުކުރެއްވިއެވެ. އެކަންވެސް ނިމުނީއެވެ.

އަނެއްކާ އަނެއް ވާހަކައެކެވެ. މިފަހަރު ނިކަން އަރިސް ބޭފުޅެއްގެ ސިއްސައިގެންދާ ވަރުގެ ވާހަކައެކެވެ. ނިކަން އަޑު ހަރު މައިކެއްގެ ވާހަކައެކެވެ. ކޮރަޕްޝަނާ މަނީ ލޯންޑރިންގެ ނިކަން ރީތި ވާހަކައެކެވެ. 40 އެތައް މިލިއަންއެކޯ ރަށު ތެރޭގައި ދައުރުވަމުންދާ ރިޕޯޓަކުން ހާމަވެފައިވެއވެެ.

ފުރތަމަ އުޅުއްވީ ކަމުން ރެކި އެއީ ސައްހަ ނޫން އެއްޗެއްގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް އެޔަށް ވުރެ ރައްޔިތުން ހުށިޔާރުވެ ފުލުހުންގެ ދުލުގައި ހިފާ އެ މައްސަލަ ތަހުގީގުކުރަމުންދާކަން ހާމަކުރުވިއެވެ. އެއާއެކު އެއީ ސައްހަ ރިޕޯޓެއްކަން ޔަގީންވެ ނިމުމުން އެ މައިކުގެ ސްޕީޑު ނުހަނު ފާސްޓުވެ ވަރު ވަރުން ނޫސްތަކުގައި ހެޑްލައިން މޭކްކުރަން ފެށިއެވެ. އެވާހަކަވެސް ނިމުނީއެވެ.

ދެން މިއޮތީ ދިވެހީންގެ ރާއްޖޭގައި އޮތް ވައްކާމ ކޮރަޕްޝަންގެ ސިލްސިލާ ނިމުމަކަށް ނާންނާނެ ވާހަކައެވެ. ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ތިބެ ގައުމު ލޫޓުވާ ދައިމަތި އަޅާ ދޮވެ ނިންމާ ވާހަކައެވެ. ޚަޒާނާގައި އެންމެ ލާރި ފޮއްޗެއް ވެސް ނުވާއްވާ ދިރުވާލާވާހަކައެވެ. އެމްޑީޕީގެ ވާހަކަ ދެއްކޭ ވަރަށް ވުރެ މި މީހުންގެ ކަންކަން ގޯސް ވާހަކައެވެ. މުޅި ދައުލަތް ބަނޑު އަޅާލާ ގައުމު ހިތަކަށް ލިބުމުން ދިވެހީންގެ ރާއްޖެ 2.0 ގެ މޮޓޯއަކަށްވީ ވަގުންގެ ވެރިކަން ތިންބާރޯ ޤަޢުމުގެ ޙަޒާނާ އެކީ ދިރުވާށޯ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?