theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ފޭސްބުކް
ސިޔާސީ
ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ސަރުކާރަށް ފާޑުކިޔައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
04 އޯގަސްޓު 2025
މާލެ ސިޓީ

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ސަރުކާރަށް ފާޑުކިޔައި ކުޅުދުއްފުށި ސިޓީއިން ނޫސް ބަޔާނެއް ނެރެފިއެވެ.

މި ބަޔާނުގައި ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 7/2010 އަށް އިސްލާހް ގެނައުމަށް 27 ޖުލައި 2025 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިއްމު ބާރުތައް ކަނޑުވާލުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި، ވަސީލަތްތަކުގެ މިލްކުވެރިކަމާއި، ރަށްރަށުގެ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ފަހިވެގެން ދިޔަ ދޮރުތައް ބަންދުކުރުމުގެ ނިޔަތުގައި ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ފާހަގަކޮށްފައިވެއެވެ.

މި ބަދަލުގެ ސަބަބުން 05 އަހަރުގެ ދައުރަކަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ރައްޔިތުންނަަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ދަތިތަކާއި ކުރިމަތިލާނެ ޖެހޭނެ ކަމަށް ބުނެ މި ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

-

މިއާއިއެކު ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، މި ބިލާއި އެއްކޮޅަށް ވޯޓު ނުދެއްވުމަށް ހުރިހާ މެންބަރުންނަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved