March 1, 2026
Advertisement
ވެމްކޯގެ އުޅަނދަކުން ކުނި ހުސްކުރަނީ
ވެމްކޯގެ އުޅަނދަކުން ކުނި ހުސްކުރަނީ / ސަން އޮންލައިން

ކުނި އުކާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 25, 2024, 07:48 PM
މާލެ ސިޓީ

މާލެ ސަރަހައްދުގައި ކުނި އުކާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފިއެވެ.

Advertisement

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާޗު 1، އިން ފެށިގެން އާންމު ފަރާތްތަކުން ކުނި ގެންނަ އުޅަނދުތަކުން ޓަނަކަށް ނަގަމުން އައި -/1،060 ރުފިޔާގެ ފީ. -/750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް މިހާރު ނަގަމުން އަންނަނީ 1،060 ރުފިޔާ ކަމަށެވެ. ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ފެސިލިޓީއަށް ކުނި ގެއްނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ޗާރޖް ކުރެވޭނީ ގެއްނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2660 ރުފިޔާ ކަމަށާއި ވެއި ބްރިޖް ގާއިމު ވެފައި ނުވާ ފެސިލިޓީތަކުން އާންމުނަށް ޗާޖް ކުރާނީ އުޅަނދުގެ ރަޖިސްޓާރޑް ޓަނަކަށް 750 ރުފިޔާކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved