theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ޝުޖާއު ހައްޔަރުނުކުރެވުމުން، އޭސީސީއަށް ސުވާލުތަކެއް
Sudha Latheef
ސުދާ ލަތީފް
06 އޯގަސްޓު 2025
މާލެ ސިޓީ

ބޮޑެތި ވައްކަމުގެ ތުހުމަތުތައް ކުރެވޭ އިރު ޝުޖާއު މިނިވަންކޮށް ހުނަނައިރު ، އާންމު ރައްޔިތުންނަށް ދައުވާކޮށް ހައްޔަރު ކުރަމުންދާކަމީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޑރ ޖަމީލް ވިދާޅުވީ ޝުޖާއުގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތުތަކާ ގުޅޭގޮތުން އޭސީސީ އާއި ފުލުހުންގެ މައްޗަށް ގިނަ ބަޔަކު ސުވާލުއުފައްދަމުންދާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ގެންދާގޮތް ހާމަކޮށްފައި ނުވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މިފަދަ ބޮޑު ތުހުމަތުތަކެއް ކުރެވޭ އިރު ޝުޖާއު ހައްޔަރުނުކުރެވިގެން މި އުޅެނީ ކީއްވެކަމާއި، މިކަމުގަ ފުލުހުންގެ ދައުރަކީ ކޮބައިކަމާމެދު ޑރ ޖަމީލް ވަނީ ސުވާލު އުފައްދާފައެވެ.

އާންމުންގެ ތެރެއިން މިސާލަކަށް ޝައްމާން ފަދަ ބޭފުޅުންނަށް ދައުވާކޮށް، ބަންދުކޮށްފައި ތިބޭ އިރު ޝުޖާއު މިނިވަންކޮށްފައި ހުރުމުން ، ދެފުށްދެގޮތް ކަމުގެ ސިފައެއް އަންނަ ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ. ޝުޖާޢުގެ ފަރާތުން ހުރިހާ މުއައްސަސާއަކަށް ބިރު ދެއްކުމުގެ ފުރުސަތު ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑައީތޯވެސް ޑރ ޖަމީލް ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، މިހާރުވެސް ޝުޖާގެ ވައްކަމުގެ ޚަބަރުތައް ލިޔާ ނޫސްތަކަށާއި އެ ނޫސްތަކުގެ ވެރިންނަށްވެސް އޭނާ ގުޅާ އާދޭސްކުރާ ކަމަށް ވިދާޅުވެފައެވެ. އޭނާ ބުނާ ކަމަށް ޑރ. ޖަމީލް ފާހަގަކުރައްވާފައިވަނީ، އޭނާގެ އިއްޒަތަށާއި ވިޔަފާރިއަށް އަސަރުކުރާ ކަމަށާއި، މިވާހަކަތައް ނުލިޔާނީ ކިހިނެއް ހެދީމަހޭ ކަމަށެވެ. މިފަދަ ބޮޑަތި ވައްކަންތަކަށް ތުހުމަތުކުރެވޭއިރު، އޭނާގެ "އިއްޒަތް" އޮތް ކަމަށް ބުނެ އާދޭސްކުރާކަން ޑރ. ޖަމީލް ވަނީ ކުށްވެރިކުރައްވާފައެވެ.

ޑރ. ޖަމީލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރަކުން ޝުޖާ ހައްޔަރެއްވެސް ނުކުރާނެ ކަމަށާއި ދަޢުވާއެއްވެސް ނުކުރާނެ ކަމަށެވެ. ނިކަމެތި މީހުން "ވާނުވާގެ ޖަލުގައި" ތިބޭއިރު، މިތަނުގައި އޮތީ "ޖަންގަލީގެ ގާނޫނު" ކަމަށް ވެސް ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން އާންމުންގެ ތެރޭގައި ކަންބޮޑުވުން ބޮޑުވެފައިވާއިރު، ޖިނާއީ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އިންސާފެއް ލިބުން ކަށަވަރު ކުރުމަށް ގޮވާލާ އަޑުތައް ދަނީ ބާރުގަދަވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved