March 20, 2026
Advertisement
ޑރ ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޝުޖާއުގެ މައްޗަށް ކުރެވެނީ ތޯތޯ ތުހުމަތުތަކެއް ނޫން ކަން ކަށަވަރު: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Aug 5, 2025, 09:46 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރެއް ކަމަށްވާ ޝުޖާގެ މައްޗަށް މިހާރު ކުރެވެމުންދާ ތުހުމަތުތަކަކީ ތޯތޯ ތުހުމަތުތަކެއް ނޫންކަން ކަށަވަރުވެއްޖެ ކަމަށް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝުޖާއުގެ މައްޗަށް މިހާރު ހިނގަމުންދަނީ ބޮޑެތި ޖިނާއީ ކުށްތަކާ ގުޅުންހުރި ތަޙްގީގުތަކެއް ކަމަށެވެ.

މިކަމާ ގުޅިގެން، މަޞްލަޙަތަށް ފުށުއެރުންތައް ދިމާވުމުން އޭނާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަދަލުކޮށްފައިވާ ކަމަށް ޑރ ޖަމިލް ވިދާޅުވިއެވެ. ޝުޖާގެ މައްޗަށް ހިނގަމުންދާ ތަޙްގީގުތަކަކީ ވަރަށް ސީރިއަސް ކުށްތަކަކާ ގުޅުންހުރި ތަޙްގީގުތަކެއް ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، މިކަމުގެ ސަބަބުން އޭނާގެ މަޤާމާއި ގުޅިގެން މަޞްލަޙަތަށް ފުށުއެރުންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން، ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ ހިމެނިފައިވާ ބައެއް ކޮމިޓީތަކުން ބަދަލުކޮށްފައެވެ.

މިއީ އޭނާގެ މައްޗަށް ހިނގަމުންދާ ތަޙްގީގުތަކުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޑރ ޖަމީލް ވަނީ ސުވާލުތަކެއް އުފައްދާފައެވެ.

ޑރ ޖަމީލް ސުވާލު އުފައްދަމުން ވިދާޅުވީ، މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރުވެސް ޝުޖާއު ސަސްޕެންޑުވެސް ނުކުރެވެނީތޯއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ސިވާލު އުފައްދާ ޑރ ޖަމީލް ގެ ޕޯސްޓުގައި ވިދާޅުވީ، މިއީތޯ "ގުޑް ގަވަރނަންސް" ނުވަތަ ރަނގަޅު ހެޔޮ ވެރިކަމެއް ކަމަކީ؟

ޝުޖާގެ މައްޗަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާއިރު، ރައީސް މުއިއްޒު ޝުޖާއު އާއި ގާތްގުޅުމެއް ބަހައްޓަވަނީތޯ ނުވަތަ ޝުޖާއާ ހެދި ބައެއް ކަންކަން ކުރަން ދަތިވަނީތޯ ޑރ ޖަމީލް ސުވާލުކުރެއެވެ.

އަދި، މިހާ ބޮޑަށް ޕާޓީގެ ނަމަށް ހުތުރާއި ބަދުނާމު ގެންނަ މީހަކާމެދު އެއްވެސް ފިޔަވަޅެއް ޕާޓީއިން ވެސް ނާޅައި މި އުޅެނީ ކީއްވެތޯ ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved