March 11, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

ކައުންސިލްތަކުގެ އެދުމާއި ދެކޮޅަށް ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލު މަޖިލީހުން ފާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 6, 2025, 11:26 PM
މާލެ ސިޓީ

ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އެދުމާއި ދެކޮޅަށް ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

Advertisement

ކައުންސިލްތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި މި ބިލު ސަރުކާރުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްެރާހިމް ހުސައިން އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި 51 ވޯޓުން ބިލު ފާސްކޮށްފައިވާއިރު މި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުންނެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތްތަށް ގާނޫނު ބަދަލުވެފައިވެއެވެ.އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
  • ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން
  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން

މި އިސްލާހާއި ދެކޮޅަށް 30 އަކަށްވުރެ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާންތައްވެސް ނެރެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved