theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއުތަސިމް ކަރުގައި އެޅުވި ހާރަކީ ފަނޑިޔާރުން މައްސަލައިގެ އިނާމް: ރައީސް ޔާމީން / ރައީސް އޮފިސް
ސިޔާސީ
މުއުތަސިމް ކަރުގައި އެޅުވި ހާރަކީ ފަނޑިޔާރުން މައްސަލައިގައި ހަނު ހުރުމުގެ އިނާމް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
06 އޯގަސްޓު 2025
މާލެ ސިޓީ

ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ރިޓާޔަރ ކުރެއްވިތާ މާކަ ގިނަ ދުވަސްނުވެ އޭނާއަށް އެރުވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް އެއީ ފަނޑިޔާރުންނާ މެދު ސަރުކާރުން އެޅި ފިޔަވަޅުތަކަށް އޭނާ ހަނު ހުންނެވުމުން ދިން އިނާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، މުއުތަސިމްއަށް އެ ޝަރަފު ހައްގުނުވާ ކަމަށާ ސަބަބަކަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހައްސާސް މައްސަލައެއް އޮއްވައި އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ހައިސިޔަތުން ބަހެއް ވިދާޅުނުވެ އަދި އެކަމާ ގޮތެއް ވެސް ނުނިންމަވާ ހުންނެވުމަށް ފަހު މަގާމުން ރިޓަޔާކުރެއްވުމުން ކަމަށެވެ.

ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ނިޝާން އިއްޒަތުގެ ޝަރަފުގައި މުއުތަސިމުގެ ކަރުގައި އެޅުއްވި ހާރަކީ އެކަމަށް ރައީސް މުއިއްޒު ދެއްވި އިނާމެއް ކަމަށެވެ.

ޖަމީލު އެ ވިދާޅުވި ގޮތަށް މުއުތަސިމް ވެސް ހަމަ ފައްޓަރުބައި އަޅައިގެން ނުކުތީ. ކޮން ގޮތަކަށް ފައްޓަރުބައި ހައްގުވަނީ؟ އޭނާގެ ކުރިމަތީގައި އެ އޮތީ ދައުލަތަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ. ރައްޔިތުން ހޮވި ރައްޔިތުންގެ މަންދޫބުން، ގާނޫނުއަސާސީގައި އެބަ ބުނޭ އިސްލާމް ދީނާ ހިލާފު ނުވާ ގޮތަކަށް އެ މީހުންނަށް އަދަބެއް ނުދެވޭނެއޭ. އެކަމަކު ގޮޑި ގެއްލޭ ގޮތަށް މުއިއްޒު ހަދަން ބޭނުންވީ. އެ މައްސަލަ ފައިސަލާކުރަން އޭނާގެ މޭޒުމައްޗަށް އައިސްފައި އޮއްވާ ހަމަ މައްސަލަ ދަންމާލާފައި އެއަށް ގޮތެއް ނުނިންމާ ދުރަށް ގޮސްފައި ފައްޓަރުބައި އެޅީ.އެހެންވީމާ ކިހިނެއްތޯ، މިއީ ކުފޫ ހަމަވާ މީހުންތޯ؟ މިއީ ކޮރަޕްޓު މީހުން. އެއަށް ރިވޯޑެއް ދެންޏާ ދޭނީ އެއަށް ވުރެ ކްރޮޕްޓު މީހެއް ދެއްތޯ. މިއީ ކޮރަޕްޝަން.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގެ މުޅި ނިޒާމު އޮތީ އޮވާހޯލްކޮށް ރީބޫޓުކުރަން ޖެހިފައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?