theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު
ސިޔާސީ
ޓުއަރިޒަމް ޓްރަސްޓު ފަންޑުގެ އޮޑިޓެއް ހަދަން ޖެހޭ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
06 އޯގަސްޓު 2025
މާލެ ސިޓީ

ޓުއަރިޒަމް ޓްރަސްޓު ފަންޑު ބަލަހައްޓަން މީހުން އައްޔަންކުރުމުގެ ކުރިން އެ ފަންޑުގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ،ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މާލީ އެހީތެރިކަން ފޯރުކޮށްދޭން ގާއިމްކޮށްފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން ހަތް މެންބަރުންގެ ބޯޑެއް އެކުލަވާލަން ޖެހޭ ގޮތަށް ޓްރަސްޓް ފަންޑް ހިންގުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުން އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، އެ ބޯޑުގެ ޗެއަރ އަކަށް ޓުއަރިޒަމް މިނިސްޓަރު އިންނެވުން ގޯސް ކަމަށެވެ. އަދި ބޯދު އެކުަލވާލުމުގެ ކުރިން ފަންޑުގެ އޯޑިޓެއް ހަދާ ރައްޔިތުންނަށް މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން މިފަދަ ފަންޑުތަކުގެ ބޭނުން ހިފާފައިވަނީ ސިޔާސީ ބޭނުންތަކަށް ކަމަށްެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، 'ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދު' ގެޒެޓުކޮށް، އެ ފަންޑު މެނޭޖުކުރާނެ ގޮތް ވަނީ އާންމުކޮށްފަައެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ފަންޑު ހިންގާނީ ޓޫރިޒަމް މިނިސްޓްރު އައްޔަންކުރާ، ވަކި ދާއިރާތަކެއް ތަމްސީލުކުރާ ހަތް މެމްބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. އެ ހަތް މެމްބަރުން ތަމްސީލުކުރާ ދާއިރާތަކަކީ:

1-

ރައީސް އޮފީސް

2-

ޓޫރިޒަމް މިނިސްޓްރީ

3-

އިކޮނޮމިކް މިނިސްޓްރީ

4-

ފިނޭންސް މިނިސްޓްރީ

5-

އޭޖީ އޮފީސް

6-

ކޮންސްޓްރަކްޝަން މިނިސްޓްރީ

7-

މީރާ

އެ ކޮމިޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނީ އެ އިރެއްގައި ހުންނަ ޓޫރިޒަމް މިނިސްޓަރެވެ. އިތުރަށް ހިމެނޭނީ އިދާރީ މަސައްކަތް ކުރާ ސެކްރެޓޭރިއަޓެކެވެ. އަދި މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.

އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ޓްރަސްޓް ފަންޑުން ޓޫރިޒަމް ސިނާއަތަށް މާލީ އެހީ ދޭން މަގުފަހިކޮށް، ހަރަދުތައް ބަލަހައްޓައި، ފަންޑުގެ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ނިންމުމެވެ.

ޓޫރިޒަމް ޓްރަސްޓަށް ޖަމާކުރާނީ، އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި:

ޓޫރިޒަމް މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ދިވެހި އަދި ބޭރުގެ ވިޔަފާރިތަކުންނާއި އެކި ފަރާތްތަކުން ދޭ ސްޕޮންސަޝިޕް އަދި އެ ނޫން ވެސް ފައިސާ

ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ

ފަންޑުން ގާއިމްކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ

އާންމު ބީލަންތަކުގައި ޓްރެއިނިންއަށް ނަގާ ފައިސާ

ފަންޑުގެ ފައިސާ ހަރަދުކުރާނެ ކަންކަން

ޓޫރިޒަމް ތަރައްގީކުރަން ހިންގާ ހަރަކާތްތައް

ޓޫރިޒަމް ވަސީލަތްތައް ކުރިއަރުވަން އިންވެސްޓު ކުރަން

ޓޫރިޒަމް ސިނާއަތުގައި އުޅޭ މީހުންގެ ގާބިލުކަން އިތުރުކުރަން ތަމްރީން ޕްރޮގްރާމްތައް ހިންގަން

އާންމު އިޖުތިމާއީ ފައިސާ ލިބިދޭ ހަރަކާތްތަކަށް

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ކޮންމެ އަހަރަކު ވެސް ރައީސް، ރައްޔިތުންގެ މަޖިލިސް، އޮޑިޓާ ޖެނެރަލް، ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved