

މިއަދު ވެރިކަމުގައި ތިބީ ރައީސް މުއިއްޒުއާއި މުއިއްޒުއަށް ތާއީދުކުރައްވާ މީހުން ކަމަށާއި އެމީހުން ކުރާ ވައްކަން މިއަދު އަންނަނީ ފެނިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ކުރީ ސަރުކާރުން ކޮށްފަ ހުރި މައްސަލަތައް ހައްލުކުރަން ވައުދުވެގެން، އައި ނަމަވެސް މިއަދު ކުރީ ސަރުކާރުގެ މައްސަލަތައް ދެއްކައި މިއަދުގެ އެއްވެސް މައްސަލައެއް ހައްލުކުރަން މި ސަރުކާރަކުން ނޫޅޭ ކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ ރާއްޖެ ފަދަ ޑެވެލޮޕިންގ ޤައުމުތަކުގަ މި މިންވަރަށް ކަންތައްތައް ގޯސްވަނީ ގިނަފަހަރަށް ގަވަނެންސް ގޯސް ވުމުގެ ސަބަބުން ކަމަށެވެ. ވެރިކަމުގެ ނިޒާމު ގަޑުބަޑުވެ، ހަރާބުވެ އަމީނެއްގެ ބަދަލުގައި ހާއިނަކު އައީމައި ވާ ގޮތް ކަމަށް ވެސް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.
ކުރީ ސަރުކާރުން ކަންތައްތައް ކޮށްފަ ވައުދުވެގެން ދޯ އައީ. ތިމަންނައަކީ އެކަން ހައްލުކުރާ މީހާއޭ، ތިމަންނަ އެހެން ނަހަދާނަމޭ، ތިމަންނައަކީ ސަބަބުވެރި މީހާއޭ،ތިމަންނައަށް ފެހި ސިގުނަލް ލިޔެވިފަ އެބަ ހުއްޓޭ، މިއީ ނޫންތޯ ދެއްކި ވާހަކައަކީ، ތިމަންނައަކީ އަމީނެކޭ،ތިމަންނައަކީ ތެދުވެރިއެކޭ، ތިމަންނައަކީ ސާދިގެކޭ، ތިމަންނައަކީ ކައްޒާބެއް ނޫނޭ،މިދެންނެވީ މިއީ ދެއްކިހާ ވާހަކަތަކޭ. މި ހުރިހާ ވާހަކަތަކެއް ދައްކާފަ އައިއްސަ އެމްޑީޕީ އިން ކަންތައްތައް ކުރި ގޮތް، އެއީ ސިއްރެއް ނޫން. އެވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް މިއަދު ވެރިކަމުގަ ތިބީ އެމްޑީޕީ އެއް ނޫން. މައއަދު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައިގެން ހުރީ އިބްރާހިމް މުހައްމަދު ސާލިހް އެއް ނޫން. މިއަދު ރައްޔިތުންގެ މަޖިލީހުގައިި ތިއްބެވީ އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އެއް ނޫން އެތާ އޮތީ. މިއަދު ތިބީ ރައީސް މުއިއްޒު އާއި މައުއްޒުއަށް ތާއީދުކުރައްވާ ފީއެންސީގެ ހުވާ ކޮށްގެން ތިބި މީހުން. އެމީހުން ކުރާ ވައްކަންތައް މި ފެންނަނީ
ޑރ ޖަމީލް އިތުރަށް ވިދާޅުވީ ބޭސް ފަރުވާ ނުލިބި ވެސް އެތައް ބަޔަކު މިއަދު ހާލުގައި ޖެހިފައި ތިބި ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ހަނާވާތަން ފެނިގެންދާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.