March 11, 2026
Advertisement
 ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ / ރާއްޖެއެމްވީ

ރައީސް ސޯލިހްއާއި އެމްޑީޕީ ވެރިކަމުގެ ނުކުޅުދުންތެރިކަމުގެ ސަބަބުން އަޅުގަނޑު ނުހައްގުން ބަންދު ކުރީ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 8, 2025, 03:30 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ޒައާމަތުގައި ގައުމަށް ގެންނެވި ތަރައްގީއާއި ތަމައްދުނު ވެގެން ދިޔައީ އެމަނިކުފާނާއި ދެކޮޅަށް ބޭނުންކުރި ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފް އިން ސިލްސިލާ ގޮތުން ބާއްވަމުން އަންނަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމަނިކުފާނު މި ހުރިހާ ދުވަހު އޮންނެވީ ޖަލުގައި ކަމަށާއި އެމްޑީޕީން އެމަނިކުފާނު މި ގައުމަށް ކޮށްދެއްވި ކަންތައްތައް އެމީހުންނަށް ނުކުރެވޭތީ އެމަނިކުފާނުގެ އަތްފައި ބަނދެލީ ކަމަށެވެ.

ސޯލިހާއި އެމްޑީޕީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އަޅުގަނޑު މިއޮތްހާ ދުވަހު ޖަލުގައި އޮތީ، އަދި ކިރިޔާއެއް ނޫންތޯ އަޅުގަނޑު މިނިވަން މީހަކަށް މިވީ. އެމީހުންގެ ހަސަދައިގެ ސަބަބުން އަޅުގަނޑު ބަންދުކޮށްފައި އޮތީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެމަނިކުފާނު ވަނީ ދުރު ރާސްތާ ޕްލޭންއެއްގެ ދަށުން ގިނަ ގުނަ ތަރައްގީގެ މަޝްރޫއުތައް ނިންމާ އަދި އެތަކެއް ޕްރޮޖެކްޓްތަކެއް ފައްޓަވާފައެވެ.

މީގެ ތެރޭގައި ސިނަމާލެ ބްރިޖާއި، ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްއެއް ގާއިމުކޮށްދެއްވުމާއި އަދި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި އެތައް ދިވެހިންނަށް ހިޔާ މަޝްރޫއުގެ ދަށުން ގެދޮރު ހަމަޖައްސާދީފައިވެއެވެ.

އެމަނިކުފާނުގެ 05 އަހަރުގެ ތެރޭގައި ގައުމަށް ގެނެސްދެއްވި އިންގިލާބީ ބަދަލުގެ ސަބަބުން އިދިކޮޅު ފަރާތްތަަކުން އެމަނިކުފާނުގެ ވިސްނުންފުޅަށް ހަސަދަލައި އިންޑިއާގެ އެހީތެރިކަމާއި އެކު ރިޔާސީ އިންތިޚާބު ގަޑުބަޑުކޮށްފައިވެއެވެ.

އެމްޑީޕީ ސަރުކާރުން އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އާއި ކައިރި ކުރާ ވަރަކަށްވެސް މި ގައުމަށް ހެޔޮ ބަދަލެއް ގެނެސްފައި ނުވާއިރު 05 އަހަރުގެ ވެރިކަމެއް އެމްޑީޕީން ނިންމާލީ ގައުމު ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved