

ޓެކްނިކަލް މައްސަލައެއް ދިމާވެ، ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭން ކަރަންޓުގެ ހިދުމަތް މެޑުކެނޑުމާއި ގުޅިގެން މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ.
ޓެކްނިކަލް މައްސަލަތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ފަހަކަށް އައިސް ވަރަށް ގިނައިން ދިމާވާކަން ފާހަގަކުރެވެއެވެ.
މާލެ ސަރަހައްދަށް ވަރަށް ހޫނުކަން އިހުސާސު ކުރެވޭ ހަފްތާއަކަށް ވެފައި ގިނަ އިރުތަކަށް ކަރަންޓް ނުލިބި އުޅެންޖެހުމުން އާންމުންގެ ޝަކުވާ ސްޓެލްކޯއަށް އަމާޒުވެފައިވެއެވެ.
އިންޖީނުތަކަށް ދިމާވެފައިވާ ސީދާ މައްސަލަ ދެނެގަތުމަށް ސްޓެލްކޯއިން މާ އެދެވޭ މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެއެވެ.