theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ސްެޓެލްކޯގެ އެމްޑީ އިސްތިއުފާ ދޭން ރައްޔިތުން ގޮވަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 އޯގަސްޓު 2025
މާލެ ސިޓީ

ގްރޭޓަރ މާލެ ސަރަހައްދުން ދެ ގަޑި އިރާއި 30 މިނެޓަށް މިއަދު ކަރަންޓް ގޮސްފައިވާ މައްސަލައިގައި ރައްޔިތުން ހިތްހަމަނުޖެހި ސްޓެލްކޯގެ އެމްޑީ އިސްތިއުފާ ދޭން ގޮވާލައިފިއެވެ.

މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ދީފައިނުވެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރައްޔިތުންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓް ދާ މައްސަލަ ކަމަށާއި މިކަމުގެ ސަބަބުން އާންމުން ބޭނުންކުރަމުން އަންނަ މުދާތަކަށް ގެއްލުން ލިބި ބޮދެތި ހޭދަތަށް ކުރަންޖެހިފައިވާ ކަމަށް މި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކަރަންޓު ދިޔުމުގެ މައްސަލައަކީ މީގެ ކުރިން މި ވަރަށް ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު ކަމެއް ނޫން ކަމަށާއި ރާއްޖެ ފަދަ ހޫނު ގައުމެއްގައި އިރު އިރުކޮޅާ ކަރަންޓް ދިޔުމަކީ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވާން ޖެހޭނެ ކަމެކެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތްދޭ ސްޓެލްކޯ ފަދަ ކުންފުނިތައް ހިންގަނީ އެއްވެސް ގާބިލުކަެއްނެތް އެކްޓިވިސްޓުން ކަމަށާއި މިފަދަ މައްސަލަތައް ދިމާވުމުން އެކަށީގެންވާ ހައްލު ހޯދުމަށް މި ފަރާތްތަކުން ނުކުޅޭދޭ ކަމަށް އާންމުން ބުނެފައިވެއެވެ.

ދެ ގަޑި އިރާއި ތިރީސް މިނެޓް ފަހުން ކަރަންޓް އަނބުރާ ދީފައިވާ އިރު އެތަކެއް ޚިދުމަތްތަކުން ރައްޔިތުންވަނީ މަހުރޫމްވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved