

ގައުމުގެ ހުރިހާ ދިމާއަކުން ފެންނަން އޮތީ މުޅި ނިޒާމު އިސްލާހުކޮށް ބަދަލު ގެންނަން ޖެހޭ ކަމަށް ކަން، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ކުރައްވަމުން ގެންދަވަނީ ކޮރަޕްޓު ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންވެސް ގޮނޑިއާލާ ބަނދެލުމަށްފަހު ދެން ރައީސް މުއިއްޒުގެ ހަމަލާ އަމާޒުކުރެއްވީ ޖުޑިޝިއަރީއަށް ކަމަށެވެ.
އެގޮތުން ގޮނޑި ގެއްލޭ ގާނޫނާ ގުޅޭ ގޮތުން ދުސްތޫރީ މައްސަލައެއް ވައްދާ އެ މައްސަލަ ބަލަން ސުޕްރީމު ކޯޓުގެ އަޣްލަބިއްޔަތުން ނިންމުމާ އެކު ކޯޓުގައި ތިބި ބައެއް ފަނޑިޔާރުން ސުލޫކީ މައްސަލަތަކުގައި ތާށިކޮށް ދުސްތޫރީ ނިޒާމުގެ އަޑު އެހުންތައް ހިންގުން އެއްކޮށް ހުއްޓުވާލީ އެވެ. އަދި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވާ އެއަށް ފަހު މަގާމުން ވަކިކުރުމުން ވެް އެ ފަނޑިޔާރުންގެ ބެލެނިވެރި ފަރާތްކަމުގައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އޭރު ހުންނެވި މުއުތަސިމް އަދުނާނުވެސް ސަރުޚާރާ އެއްކޮޅަސް ހުންނެވި ކަމަށާ އޭގެ ހެއްކަކީ އެ މައްސަލައިގައި ބަސްފުޅެއް ވިދޅާުނުވެ މުއުތަސިމް ހުންނެވުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މުއުތަސިމަށް އެރުވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް އެއީ ޖުޑިޝިއަރީއަށާ ފަނޑިޔާރުގެއަށް ރައީސް މުއިއްޒު ފޯރުވި ނުފޫޒާ ދެކޮޅަށް ބަހެއް ނުބުނުމުން މުއުތަސިމަށް ފިން ހަދިޔާއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މުއުތަސިމްގެ އަމަލުން އެއީ ކޮރަޕްޓު މީހެއްކަން ހާމަވާން އޮތްއިރު އެކަމަށް ހިތްވަރުދީ އިނާމުދޭނީ އެއަށް ވުރެ އަދި މާ ކޮރަޕްޓު މީހުން ކަމަށެވެ. އެމަނިކުފާނު އިތުރަސް ވިދާޅުވީ، މުޅި ގައުމުގެ ނިޒާމުތައް ހުރީ ރީބޫޓުކުރަން ޖެހިފައި ކަމަށާ އޮވަރހޯލް ކޮށްގެން ނޫނީ ދެން ތަން ރަގަޅު ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭނާގެ ކުރިމަތީގައި އެ އޮތީ ދައުލަތަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ. ރައްޔިތުން ހޮވި ރައްޔިތުންގެ މަންދޫބުން، ގާނޫނުއަސާސީގައި އެބަ ބުނޭ އިސްލާމް ދީނާ ހިލާފު ނުވާ ގޮތަކަށް އެ މީހުންނަށް އަދަބެއް ނުދެވޭނެއޭ. އެކަމަކު ގޮޑި ގެއްލޭ ގޮތަށް މުއިއްޒު ހަދަން ބޭނުންވީ. އެ މައްސަލަ ފައިސަލާކުރަން އޭނާގެ މޭޒުމައްޗަށް އައިސްފައި އޮއްވާ ހަމަ މައްސަލަ ދަންމާލާފައި އެއަށް ގޮތެއް ނުނިންމާ ދުރަށް ގޮސްފައި ފައްޓަރުބައި އެޅީ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ކިހިނެއްތޯ، މިއީ ކުފޫ ހަމަވާ މީހުންތޯ؟ މިއީ ކޮރަޕްޓު މީހުން. އެއަށް ރިވޯޑެއް ދެންޏާ ދޭނީ އެއަށް ވުރެ ކްރޮޕްޓު މީހެއް ދެއްތޯ؟ މުޅި ތަން މިއޮތީ ރީބޫޓުކުރަން ޖެހިފައި. އެކަމު އެކަން ކުރެވޭނީ ފުލުހުންނާ ސިފައިން ވެސް ނޫން ބުނަން ޖެހޭ ތަންތަނުގައި ނޫން ބުނެގެން.
ރައީސް ޔާމީން ގެންދަވަނީ މި ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރައްވާ އެކަމާ މެދު ކަނބޮޑުވުން ފާޅުކުރައްވަމުންނެވެ.