April 24, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

ޖުޑިޝަރީ ދާން ޖެހޭނީ އޯވާހޯލް އަކަށް: މަލީހް

Sudha Latheef
ސުދާ ލަތީފް
Aug 9, 2025, 11:42 PM
މާލެ ސިޓީ

ރާއްޖޭގެ ޝަރުއީ ދާއިރާ މިވަނީ ކުރިން ނުދާ މުޅިން އާ ފެންވަރަކަށް ގޮސްފައިކަމަށާއި، މި ދާއިރާ މުޅިން އޯވާހޯލްއަކަށް ދާން ޖެހިފައިވާ ކަމަށް އެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ވޭޕްގެ މައްސަަލައެއްގައި ހައްޔަރުކުރި ފުލުހަކު އޭނާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވި ނަމަވެސް ހުވާ ނުކުރާ ކަމަށް ބުނުމުން ވަކީލު އެކަން ދިފާއުކޮށް ވާހަކަ ދައްކާފައިވެއެވެ. މި ހާދިސާއަށް އިޝާރާތްކުރައްވާ މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯޓުތަކުގައި ޝަރުއީ ދާއިރާގައި މަސައްކަތްކުރުމުގައި ޝަރުތު ހަމަނުވާ ފަނޑިޔާރުން ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. މިއީ އިންސާފު ގާއިމްކުރުމަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް މަލީހް ވަނީ ފާހަގަކުރައްވާފައެވެ.

މަލީހް ޕޯސްޓުގައި އިތުރަށް ވިދާޅުވާ ގޮތުގައި، ފަނޑިޔާރުންގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ތައުލީމާއި، ތަޖުރިބާ އަދި އަހްލާގާއި އިންސާފަށްވުރެ ތިމާއާއި ގާތް، ބުނާ ގޮތް ހަދާ މީހުން ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިބި ކަމަށް ފާހަގަކުރެވޭ ކަމަށެވެ. މިގޮތަށް ކަންކަން ހިނގަމުން ދާނަމަ ޝަރުއީ ދާއިރާގެ ހައިބަތާއި، އިުބާރު ގެއްލި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ދަތިވާނެކަމަށް މަލިހުގެ ޕޯސްޓުން ދޭހަވެއެވެ.

މަލީހް ވަނީ ޝަރުއީ ދާއިރާ މުޅިން އޯވާހޯލް ކުރުމަށް ގޮވާލާފައެވެ. އެއީ މި ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، ޤާނޫނީ އަދި އިދާރީ އިސްލާހުތައް ގެނެސް، ފަނޑިޔާރުންގެ ޝަރުތުތައް ހަރުދަނާކޮށް، އިންސާފު ގާއިމްކުރުމަށް ދެމިތިބޭ ބަޔަކު ބިނާކުރުމަށް މަލީހް އެދިވަޑައިގަންނަވައެވެ.

މިފަދަ ބަދަލުތަކެއް ނުގެނެވޭނަމަ ޝަރުއީ ނިޒާމަށް އޮންނަ އިތުބާރު ދަށްވެ، ޤާނޫނީ ވެރިކަން ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved