theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލަން އެދިއްޖެ
Sudha Latheef
ސުދާ ލަތީފް
09 އޯގަސްޓު 2025
މާލެ ސިޓީ

ނ ހޮޅުދޫ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ގޮވާލައިފިއެވެ.

އެންއައިސީގެ ތަހުގީގަށްފަހު، މި މައްސަލަ ބެލުމުގައި ފުލުހުން އިހުމާލުވެފައިވާކަން ވަނީ ހާމަވެފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީއިން ބަލައި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އެންއައިސީއިން ޕީޖީއަށް ފޮނުވައިފައިވާ ބަޔާނުގައި، ފުލުހުން އެތައް ކުށެއް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ޑިއުޓީގައި އެކަސީގެންނުވާ ގޮތަށް އަމަލުކުރުމާއި، ރަސްމީ މަޤާމު ނުވަތަ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ތަންފީޒުކުރުމާއި އެހެނިހެން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުން ވެސް ފުލުހުންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެެވެ. އެހެންކަމުން ަކިއްޔާގެ މަރުގެ މައްސަލައިގައި އިހުމާލުވި ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން އެންއައިސީއިން ވަނި ޕީޖީގައި އެދިފައެވެ.

އެންއައިސީގެ މި އެދުމަކީ، ފުލުހުންގެ ތަހުގީގު މިނިވަންކޮށް މުރާޖައާކުރުމަށްފަހު އައި ނަތީޖާއެކެވެ. މިހާރު ޕީޖީއިން ބަލަމުންދަނީ އެންއައިސީއިން ހުށައަޅާފައިވާ ފައިލާއި، ދައުވާ އުފުލުމަށް ބޭނުންވާ ހެކިތައް ހުރިތޯއެވެ. ޕީޖީ އިން މި މައްސަލައިގައި ދައުވާ އުފުލައިފިނަމަ، މައްސަލަ ކުރިއަށްދާނީ ޖިނާއީ އިޖުރާތުގެ އޮނިގަނޑުގެ ދަށުންނެވެ.

ޕީޖީއިން މި މައްސަލަ ނިންމާނެ ވަކި މުއްދަތެއް އަދި އަންގާފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?