April 24, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ސަރުކާރު ކުންފުނިތައް ހިންގަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް: މަލީހް

Sudha Latheef
ސުދާ ލަތީފް
Aug 10, 2025, 08:19 PM

ސަރުކާރު ހިންގާ ކުންފުނިތައް ހިންގުމުގައި ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށް ގޮވާލައްވައި އެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް، މިހާރުގެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތައް އޮޕަރޭޓްކުރަން ޖެހޭނީ ހާމަކަންބޮޑު އަދި ދެފުށް ފެންނަ އުސޫލުތަކުގެ ތެރެއިންނެވެ. އެހެން ނުވާނަމަ، އެ ކުންފުނިތަކުގެ މުވައްޒަފުން ގޯޅިއަށް ފެތި، އެބަޔަކު ކުރިމަތިލާންޖެހޭ ދަތިތަށް އިތުރުވެގެންދާނެކަމަށް މަލީހް ވަނީ ފާހަގަކޮށްފައެވެ.

މަލީހް ވަނީ ރައީސް މުއިއްޒުގެ މި ސަރުކާރަކީ އިންތިހާއަށް ކޮރަޕްޓް ސަރުކާރެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މަލީހް ގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ ފަރާތުން ނެރެފައިވާ ބަޔާނަކީ "އަނދުން" ކަމަށާއި، އެއީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ" ކަނޑުއޮއި ގިރޭ" ގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ހާމަކުރުމަށް މަލީހް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. މިފަދަ މަޝްރޫއުތަކުގެ ހާލަތާއި ކުރިއެރުންތައް ދެފުށް ފެންނަ ގޮތަށް ހަމަކުރުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް މަލީހް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މެނޭޖްމަންޓް ދެފުށް ފެންނަ ގޮތަށް ނެތް ކަމަށް ވިދާޅުވަމުން، މިހާރުގެ ހާލަތުން އަރައިގަތުމްށް ބޭނުންވާ ބަަލުތަކާއި ހައްލުތައް ހޯދުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުން ދެފުށް ގޮތަކަށް ބަދަލުކުރުމަށް ގޮވާލައްވަމުން، މަލީހް ގެ މި ޕޯސްޓަކީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ ބަޔަކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަޑެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved