theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފު / ތޭރަ އޮންލައިން
ސިޔާސީ
އާތިފުގެ ޗެލެނެްޖެއް ރައީސަށް: ކައުންސިލްތަކުގެ ބާރު ކަނޑުވާލި ފަދައިން ރިޔާސީ އިންތިހާބަށް ވެސް ތިޔަ ބަދަލު ގެންނަވަން ކެރޭނެތޯ؟
Mariyam Isaadha
މަރިޔަމް އިސާދާ
10 އޯގަސްޓު 2025
މާލެ ސިޓީ

ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް ކައުންސިލްތަކުގެ ބާރު ސަރުކާރުން ކަނޑުވާލުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލަށް އިސްލާހު ގެނެސް ސަރުކާރުން ބޭނުންވާ ގޮތަށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާތީ ކުޅުދުއްފުށީ ސިޓީ މޭޔަރ އާތިފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއް ވާހަަކަ ދައްކަވަމުން މޭޔަރ އާތިފު ވިދާޅުވެފައިވަނީ، ޕީއެންސީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަރައިގެންފައިވަނީ ކައުންސިލްތަކުގެ އިންތިޚާބީ ހައްގަކަށް ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރު ކައުންސިލްތަކުގައި ތިބި އެންމެން އިންތިޚާބު ކުރީ 5 އަހަރުގެ ދައުރަކަށް ކަމަށް ވީ ނަމަވެސް މިހާރު ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލާއި އެކު 5 އަހަރު ފުރިހަމައަށް މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ފުރުސަތު ގެއްލިގެންދާ ކަމަށް އާތިފު ވިދާޅުވިއެވެ.

ދައުރުގެ ފަހުކޮޅު ގިނަ ކަންތައްތައް ކުރުމުގެ މަގު ބަންދުވާގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށް ފާހަގަކުރައްވާ އާތިފް ވިދާޅުވީ، ކައުންސިލެއް ހުއްޓުވާލުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައްތައް ބިލު ފާސްކޮށް ސަރުކާރުން ވަނީ މަގު ފަހިކޮށްފައި ކަމަށެވެ.

މުއައްސަސާތަކާ ކައުންސިލްތައް ނުފޫޒުން އެއްކިބާވެފައި އޮންނަ ސަރުކާރެއް ހިންގާނެ ކަމުގެ ވައުދާ އައި ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލި ކަނޑުވާލުމާ މެދު ނުރުހުން ފާޅުކުރައްވާ އާތިފު ވަނީ ރިޔާސީ އިންތިޚާބުގައި ވެސް އެގޮތަށް ހަމަޖައްސަން ސަރުކާރަށް ކެރިވަޑައިގަންނަވާނެ ތޯ އައްސަވާފައެވެ.

ސިނާއީ މަސައްކަތެއް ވިޔަސް އިގްތިސާދީ މަސައްކަތެއް ވިޔަސް އިތުރަށް ބިން ދޫކުރުމުގެ ފުރުސަތު ގެއްލުނީ. އިދާރާ އަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ފުރުސަތު ވެސް ގެއްލިގެން އެބަދޭ. މިއީ ކައުންސިލެއް ހުއްޓުވާލުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައް. ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް މަސައްކަތް ނުކުރެވެންޏާ ކިއްތޯ ވާނީ ރިޔާސީ އިންތިޚާބުގައި ވެސް އެގޮތަށް ހަމަޖައްސަން. އަޅުގަނޑަކަށް ހިއެއް ނުވޭ ހަމަ އެއް ގޮތަކަށް ވެސް އެކަން އެހެން ކުރަން ކެރިވަޑައިގަންނަވާނެ ހެނެއް.

- އާތިފު ވިދާޅުވެފައިވެއެވެ.

މިހާރު ލާމަރުކަޒީ ޤާނޫަނަށް ހުށަހަޅާ ފާސްކޮށްފައިވާ އިސްލާހަކީ އުންސިލްތައް ހުއްޓުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އާތިފު ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved