ދިވެހިންނަށް ދޫކޮށްފައިވާ ހެލްތު ސްކީމު، އާސަންދަ މިހާރު ދޫކުރަމުން ދަނީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށް، ރައީސް އަބދުﷲ ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި މަރަދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ހަމްދޫނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް އާދިއްތަ ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި އޭނާގެ ސިޔާސަތުތައް ހާމަކުރައްވަމުން އެންމެ ބޮޑަށް ހަމްދޫނު އަލި އަޅުވާލެއްވީ ސިއްހީ ދާއިރާއަށެވެ.
އެގޮތުން އައްޑޫ ސިޓީގެ ސިއްހީ ހާލަތު ރައީސް ޔާމީން އާރާސްތުކޮށްދެއްވި އައްޑޫ އިކޮޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބޭނުން ރަގަޅު ގޮތުގައި ހިފައިފިނަމަ އިސާހިތަކު މެކުހަށް ޖަހާ އައްޑޫގެ އިގްތިސޯދަށްވެސް އެނގުން ވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ހަމްދޫނު ވިދާޅުވީ، ސިއްހީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދިވެހިން ދަތުރު ކުރަނީ އެންމެ ގިނައިން އިންޑިއާއަށް ކަމަށާ ނަމަވެސް އިންޑިއާގައި މިހާރު އޮންނަީ ސިއްހީ ފަރުވާގެ ބަދަލުގައި ގަނެ ވިއްކުމުގެ ވިޔަފާރި ކަމަށެވެ. އަދި އެއާ އެކު ބޭސްފަރުވާ ކުރަން ފޯރުކޯށްދޭ ހެލްތު އިންޝުއަރެންސް، އާސަންދަ ވެސް ފޯރުކޮށްދެމުން ގެންދަނީ އިންސާފުން ނޫން ކަމަށެވެ.
އާސަންދަ ފޯރުކޮށްދެނީ އިންސާފަކުން ނޫން. އަޅުގަޑުމެންގެ ތެރޭގައި އެބަ ތިބި ދެއްތޯ އާމްދަނިއަށް ބަލާއިރު މުޅި އާއިލާ ގޮވައިގެން ބޭރަށް ގޮސް ބޭސްފަރުވާ ކުރެވޭނެ ބޭފުޅުންވެސް. ނަމަވެސް އެ ބޭފުޅުންނެކޭ އާންމު ނިކަމެތި މީހާ އެކޭ މި ސްކީމު ލިބުމުގައި ނެތް ތަފާތެއް.
ހަމްދޫން އިތުރަށް ވިދާޅުވީ، މަރަދޫ ދާއިރާގެ ގޮނޑިއަށް ހޮވިއްޖެ ނަމަ ސަރުކާރުގެ ތެރެއިން އާސަންދައިގެ ގާނޫނު އިސްލާހު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.