theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލިސް ތަޅުން / -
ސިޔާސީ
އެކަޝީގެންވާ ވަރަށް މުސާރަ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނެފި
Sudha Latheef
ސުދާ ލަތީފް
11 އޯގަސްޓު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިވަގުތު ލިބެމުންދަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެން ނުވާ މުސާރައެއްގެ ގޮތުގައި މިއަދު ބޭއްވި އެ މަޖިލީހުގެ އާންމު ކޮމިޓީގައި ބައްދަލުވުމުގައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.

އެ ކޮމިޓީ ބައްދަލުވުން ފަށަމުން މުގައްރިރުކަން ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން އެ ކަންކަމާ މެދު މަޝްވަރާ ކުރަން ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއް ކޮމިޓީއާ ހިއްސާ ކުރައްވާފަ އެވެ.

އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ކޮމިޓީގައި ވިދާޅުވީ އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ ކަމަށެވެ. އަދި ހަގީގަތަކީ މެންބަރުންގެ މުސާރައަކީ 42،500 ރުފިޔާ ކަމުގައެވެ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ ކަމަށާއި އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އަބްދުލްލަތީފް އަބްދުއްރަހުމާން ފާހަގަކޮށްފައިވެއެވެ

އާންމުންނަށް އެނގިފައި އޮންނަނީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ ވަރަށް ބޮޑު މުސާރައެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވެސް ވިދާޅުވި އެވެ. ނަމަވެސް، މަސް ނިމޭއިރު ކޮންމެ މެންބަރަކު ވެސް ތިބެނީ "ނުތަނަވަސް" ހިސާބެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އެރީއާގައި ދިރިއުޅެން ޖެހޭ ކަމަށާއި ލިބޭ އެލަވަންސަކަށް ލިބެނީ 20،000 ރުފިޔާ ކަމަށް ބުނެ ރިޔާޒް ވިދާޅުވީ މަޖިލިސް މެންބަރަކަށް ވީމައި އަދި އޭގެ ކުރިން ވެސް އުޅެން ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައިކަމަށެވެ. އެއީ މިހާރު 24،000 ރުފިޔާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އާންމު ރައްޔިތުން ގަބޫލުކުރަނީ މެންބަރުން މަޖިލީހަށް ހާޒިރު ނުވި ނަމަވެސް ބަރާބަރަށް މުސާރަ ލިބޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ރިޔާޒް ވެސް ވިދާޅުވި އެވެ.

އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައިގެން ހޮވިފައި ތިބީ "ކަނޑަށް ނުކުތުމުން ރާޅު ޖަހާނެ" ކަން ގަބޫލުކޮށްގެން ކަމަށާއި ނަމަވެސް ނިންމާ ކަންކަމުގެ ހަގީގަތް މީޑިއާތަކުން އޮޅުވާލާ ކަމަށެވެ.

ގަވާއިދަށް ބަދަލުތައް ގެންނައިރު މަޖިލީހުގައި ކުރާ މަސައްކަތްތަކާއި ދައްކާ ވާހަކަތައް ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މެންބަރުން އެދިވަޑައިގަތެވެ.

މަޖިލިސް މެންބަރުންގެ މުސާރަ އާންމު ރައްޔިތުންނަށް މީގެ ކުރީގައި ވެސް އަދި މިއަދު ވެސް ގަބޫލު ކުރެވެނީ އެއީ ވަރަށް ބޮޑު މުސާރައެއްގެ ގޮތުގައި، 80،000 ނުވަތަ 90،000 ރުފިޔާ ކަމަށް. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. އޭގެ ޒާތުގައި ވަޒީރަކަށް ވުރެ ވެސް ބޭސިކް ސެލަރީ ކުޑަ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމުމަށެވެ. އެ ހުށަހެޅުމަށް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ ދެން އަންނަ ކޮމިޓީއެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved