March 11, 2026
Advertisement
މުއިއްޒު ކުޑަރަކިލު ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ: ފޮޓޯ- ރައީސް އޮފީސް
މުއިއްޒު ކުޑަރަކިލު ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ: ފޮޓޯ- ރައީސް އޮފީސް / ރައީސް އޮފިސް

ވައުދު ނުފުއްދޭކަމުގެ ޝަކުވާ އައުމުން މުއިއްޒު ދެއްކެވީ ބަހަނާ

Aishath Naja
އައިޝަތު ނަޖާ
Aug 11, 2025, 10:30 PM

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވީ ވައުދުތައް ނުފުއްދަވާތީ ރައްޔިތުންގެ ޝަކުވާ ގިނަވުމުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ބަހަނާ ދައްކަވައިފިއެވެ.

Advertisement

ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދުމުގެ ނިޔަތުގައި މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ ކުޑަރަކިލަށް ވަޑައިގެން މުއިއްޒު ވަނީ ރައްޔިތުންނަށް އަނެއްކާވެސް ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ތެރޭގައި ކުޑަރިކިލަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރިއަށްދެވޭނެ މަގު މިހާރު ފަހިކުރެވިފައިވާ ކަމަށެވެ.

ވެރިކަމަށް އައި ފަހުން ވެސް ކުޑަރަކިލުގެ ހުއްޓިފައިވާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު މި މަހު ފައްޓަވާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެ ރަށުގެ މަގު ހެދުމުގެ މަސައްކަތާއި އެ ރަށުގެ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ހެދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު މިއީ ހަމަ އެ ރަށަށް އިންތިޚާބު ތެރޭ ވަޑައިގެން ދެއްކެވި ވާހަކަކަން ފާހަގަކޮށްލެވެއެވެ.

ވެރިކަމަށް ފުދޭވަރަކަށް ދުވަސްވެފައިވާއިރު އަދި ވެސް ކުރީގެ ވައުދުތައް ތަކުރާރު ކުރާކަމަށް ބުނެ މީސްމީޑިޔާގައި ވެސް މުއިއްޒަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved