March 19, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ދައުލަތަށް ލިބެންޖެހޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެސީސީން ކުރި މަސައްކަތެއް ބުނެ ނުދެވުނު

Sudha Latheef
ސުދާ ލަތީފް
Aug 11, 2025, 10:47 PM
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2023 ވަނަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެ ކޮމިޝަނުން ކުރި މަސައްކަތެއް ބުނެ ނުދެވުނުކަން ހާމަވެއްޖެއެވެ.

Advertisement

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އޭސީސީން ކުރި މަސައްކަތް ދެނެގަތުމަށް ސުވާލު އުފެއްދުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާރ ކުރަން 2022 ވަނަ އަހަރު އެ ކޮމިޝަނުން ގާއިމުކުރި ހާއްސަ ނިޒާމުގެ ދަށުން އިދާރާތަކުން ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭސީސީ އިން މިދިޔަ އަހަރު ވަނީ ބުނެފައެވެ.

އޭސީސީން އޭރު ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭސީސީން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.

އޭސީސީން 2023 ވަނަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން، ދައުލަތަށް ލިބެން ޖެހޭކަމަށް ނިންމި 50.3 މިލިޔަން ރުފިޔާގެ ތެރެއިން 40.4 މިލިޔަން ރުފިޔާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved