theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
"އިރުޝާދާ" "ލަފާފުޅު"ގެ މަތިން ކަރަންޓު މައްސަލަ ހައްލުކުރަން ނުވަނީތޯއެވެ؟ / ތޭރަގްރެފިކްސް
ރިޕޯޓު
"އިރުޝާދާ" "ލަފާފުޅު"ގެ މަތިން ކަރަންޓު މައްސަލަ ހައްލުކުރަން ނުވަނީތޯއެވެ؟
Mariyam Isaadha
މަރިޔަމް އިސާދާ
11 އޯގަސްޓު 2025
މާލެ ސިޓީ

މުޅި މާލެއިންނާ ހުޅުމާލެއިން ވެސް ކަރަންޓު ކެނޑި ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން މިފަހަކަށް އައިސް ވަނީ ޖެހިފައެވެ.

ކުރިން އެގުމަކާ ނުލާ ކަރަންޓު ދިއުމުގެ ސަބަބުން ރައްޔިތުންގެ އަގު ބޮޑެތި މުދާ ހަލާކުވެ އޮފީސްތަކުގެ މަސައްކަތް ހުއްޓި ސްކޫލުތަކުގެ ކިޔެވުން ހުއްޓި ދައުލަތާ އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުން ގެންދާއިރު، ދައުލަތަށް ލިބޭ ގެއްލުން ރައްޔިތުންގެ ޓެކްސް ފައިސާއިން ހަމަޖައްސާލެވުނު ނަމަވެސް އާންމު ރައްޔިތުން ޖެހެނީ ހިފާ ގެންގުޅޭ އަގު ބޮޑެތި މުދާ ހަލާކުވުމުން ހަމަ އަމިއްލަ ޖީބުން ފައިސާ ދީފައި ގަންނަންށެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ވެސް މި ޝަކުވާ ކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއްވެ ހައްލު ނުލިބި ވަނިކޮސް މިހާރު މާލެ ސިޓީއާ ހުޅުމާލެ ހިމެނޭހެން ރައްޔިތުންގެ ޝަކުވާ މިވަނީ ކަރަންޓު މައްސަލައާ ގުޅިގެން އިތުރުވެފައެވެ.

ކަރަންޓަކީ ރައްޔިތުންނަށް ސަބްސިޑީ ލިބޭ ޚިދުމަތެއް ނަމަވެސް މި ފަހަކަށް އައިސް އަންނަ ކަރަންޓު ބިލު ފެނި އެ ބިލު ދައްކަން ޖެހޭ މީހުން ބޮލަސް އނެބުރުން އަރާ ލޮލުން ތަރަތަރަ ޖަހަން ފަށާ މިންވަރަށް ބިލުގެ އަދަދު ހުންނަީ މަތީގައެވެ. އެއް ބައެއް އެއް ގެއެއްގައި އެއް އާލާތްތަކާ އެކު އެއް މިންވަރަކަށް ކަރަންޓު ބޭނުންކުރި ނަމަވެސް ބިލުގެ އަދަދު ދިރޭ ރަހައެކޭ އެއް ފަދައެވެ. އަތު ފަތު ނުޖެހި ދަނީ ހަމަ ސީދާ މައްޗަށެވެ. ނުހިފިހެއްޓެވެ. އެހެރަގެން ދަނީ ހަމަ މައްޗަށެވެ. ޑޮލަރަށް ވެސް ހަމަ މިވަރުތާއެވެ.

ކޮންމެ އަކަސް ކަރަންޓުގެ މައްސަލަ ދިމާވަނީ ކީއްވެކަން ދެނަގަނެވިފައިވާ ކަމަށް ސްޓެލްކޯ އެމްޑީ ވިދާޅުވި ނަމަވެސް އޭގެ ތަފްސީލު ރައްޔިތުންނާ ހިއްސާކޮށްފައިނުވެއެވެ. ފުލުހުން ބުނެފައިވަނީ ރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، މި މައުލޫމާތައް ބަލައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މީގެ ތެރޭގައިވެސް ބަގާވާތެއްގެ ވަސް ގަނޑު ގަދަވާ ކަމަށް ބައެއް މީހުން ބުނަމުންދާއިރު އަޅުގަޑުގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ރައްޔިތުންގެ މުދާތައް ހަލާކުވެ އަނގަޔާ އަތާ ދިމާނުވެ ތިބި ހާލު އަނެއްކާ އިތުރު ބުރައެއް ޖެހިފައިވަނީ ކަރަންޓުގެ މައްސަލައާ ގުޅިގެން ކަމަށްވާއިރު، މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދާ ލަފާފުޅުގެ ދަށުން ކަމަށްވާއިރު އެ ލަފާފުޅާ އިރޝާދުގެ ދަށޫން ކޮންމެ ހިސާބެއްގައިވެސް މިއުޅޭ ކަރަންޓުގެ މައްސަލަ ހައްލުކުރަން ނުވޭތޯއެވެ؟

އުޅެނީ ސްޓެލްކޯގެ އިންޖިނިއަރުންގެ ގާބިލްކަމުގެ މައްސަލައެއް ނޫން ކަމަށް ވެފައި އުޅެނީ ޕަވަރ ހައުސްއެއްގައި ހިފަހައްޓަންޖެހޭ މިންގަނޑަށް ތެޔޮ ރަނގަޅަށް ރައްކާ ކުރެވިފައި ނުބެހެއްޓުމުން އުފެދި، ބޮޑުވާ މައްސަލަކަމަށް ރަށު ތެރޭގައި އަޑު ގަދަވެފައިވާއިރު މިކަންކަމަށް ހައްލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އިރުޝާދާ ލަފާފުޅު ހޯދުން އަވަސްކުރިއްޔާ ވާނީ ކީއްތޯއެވެ؟ މިކަމުން ރައްޔިތުންނަށް ލިބިދާނެ ލުއި ފަސޭހަކަށް ވިސްނާފާ އެކަން ކުރުް ލަސްކުރަނީތޯއެވެ؟

ކުރިއަށް ވަރަށް ކައިރީގައި އިންތިހާބެއްވެސް އެބަ އޮތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?