March 9, 2026
Advertisement
ކަމަދޫގައި ދެ ކުލާސްރޫމް އަޅަން 5.4 މިލިއަން ރުފިޔާއަށް އެފްޑީސީއާ ހަވާލުކުރުން
ކަމަދޫގައި ދެ ކުލާސްރޫމް އަޅަން 5.4 މިލިއަން ރުފިޔާއަށް އެފްޑީސީއާ ހަވާލުކުރުން / ރައީސް އޮފިސް

5.4 މިލިއަން ހަރަދުކޮށްގެން ކަމަދޫގައި އެންމެ ދެ ކްލާސްރޫމް އަޅަނީ

Aishath Naja
އައިޝަތު ނަޖާ
Aug 11, 2025, 10:49 PM

5.4 މިލިއަން ރުފިޔާއަށް ބ. ކަމަދޫ ސްކޫލްގައި އެންމެ ދެ ކްލާސްރޫމް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Advertisement

މި އެއްބަސްވުމުގައި ސޮއި ކުރީ މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ރަށަށް ވައުދުތައް ތަކުރާރު ކުރެއްވުމަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްއެވެ.

މި އެއްބަސްވުމުގެ ދަށުން ކަމަދޫ ސްކޫލަށް އިތުރުކުރާ ބައިގައި އަޅަނީ ދެ ކްލާސްރޫމް އެވެ. މި މަސައްކަތް އެފްޑީސީއާ ހަވާލުކުރީ 5.4 މިލިއަނަށެވެ.

ކަމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަލަށް އަޅާ ދެ ކްލާސްރޫމްގެ ސަބަބުން އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖަގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.


ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އެ ރަށު ސުކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސް ދެެއްވާނެކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ވެރިކަމަށް ދެ އަހަރުވާން ކައިރިވިއިރު އެކަން ކުރެވިފައި ނުވެއެވެ.

5.4 މިލިއަނަށްވުރެ ކުޑަ އަގެެއްގައި ދެ ކްލާސްރޫމް ގާއިމުކުރެވެން އޮތް އިރު އެ އަގުގައި ދެ ކުލާސްރޫމް އަޅަން އެފްޑީސީއާ ހަވާލުކުރުމުން ގިނަ ބަޔަކު އަންނަނީ މުއިއްޒުގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved