ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ދަ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބެއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ފާސްކުރުމުން އެ ތަސްދީގުނުކޮށް ހިފަހައްޓާ، ރައީސް މުހައްމަދު މުއިއްޒު ގަދަ ބަސްފުޅު ވިދާޅުވާ މަންޒަރު ފެންނަމުންދާއިރު، އިލެކްޝަންސް ކޮމިޝަން މަޑުން އޮވެ އެ ރޭވުމުގައި ބައިވެރިވަމުންދާ ދިއުމަކީ ޒިންމާދާރު ކުޑަ އަމަލެއް ކަމަށެވެ.
އެހެންކަމުން މަޖިލީހަށް އީސީ ހާޒިރުކޮށް ޖވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މަޖިލީހުން ރައްޔިތުންގެ ފައިދާއަށް ކަންކަން ކުރުމުން އެކަމަށް އިހުތިރާޟު ކުރުމަކީ ވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް. އެކަމަކު މި ފެންނަނީ ވެރިކަމުގެ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ މަންޒަރު. އީސީ މިއޮންނނަީ ހަމަ ބަހެއް ބުނެނުލާ. ތަސްދީގު ނުކުރަންޏާ އިންތިހާބު ލަސްނުކުރެވޭނެ އޭ ކިޔާލަ ކިޔާލާ. މަޖިލީހުން ވެއްޖެ އެއްނޫންތޯ އީސީ ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން.
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމި ދިހަ ދުވަސް ފަހުން ބާއްވާ ގޮތަށް ފާސްކޮށް ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވުމުން ވެސް ރައީސް މުއިއްޒު ބަގުޑި ބައްދައިގެން ހުންނަވާތީ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.