theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކެންދޫ ބަނދަރާއި ބިން ހިއްކުމަށް އެއްބަސްވުން / ރައީސް އޮފިސް
ސިޔާސީ
އަގުހެޔޮކޮށް ކުރުމުގެ ބަދަލުގައި 119 މިލިއަން ރުފިޔާއަށް ކެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް!
Aishath Naja
އައިޝަތު ނަޖާ
11 އޯގަސްޓު 2025

ބ. ކެންދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަގުހެޔޮކޮށް ކުރެވެން އޮއްވާ 119 މިލިއަން ރުފިޔާއަށް  ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބު އަދި އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން 112،016 އަކަ މީޓަރުގެ ސަރަހަައްދެއް ހިއްކާނެ ކަމަށެވެ. އަދި 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 971 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 62 މީޓަރު ފައިކަށި ޖެހުމާއި 29 މީޓަރު ނެރު ފައިކަށި ޖެހުން ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި 119.3 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އަގަށްވުރެ ކުޑަކޮށް ރަނގަޅު ފެންވަރުގައި މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެތައް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ސަރުކާރުން ވަނީ 119 މިލިއަން ރުފިޔާ ހަރަދުކުރުމުން އިގްތިޞާދީ ހާލަތަށް އޭގެން އެއްވެސް އަސަރެއް ނުކުރާނެކަމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ހޭދަކުރާކަމަށް ދަޅަ ދައްކަމުން އަންނާތީ އެކަމުގެ ޝަކުވާ އެތައް ބަޔަކު އަންނަނީ ކުރަމުންނެވެ. އިގްތިޞާދީ ހާލަތު ރަނގަޅުވާ މަންޒަރު ފެންނަން ނެތް އިރުވެސް ސަރުކާރުން ބޮޑު އަގުގައި އަންނަނީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved