March 11, 2026
Advertisement
ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު އިފްތިތިހް ކޮށް ދެއްވަނީ
ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު އިފްތިތިހް ކޮށް ދެއްވަނީ / ރައީސް އޮފިސް

މި ސަރުކާރުގެ މެގަ ޕްރޮޖެކްޓަކީ އޭޓީއެމް އިފްތިތާހިކުރުންކަމަށް ބުނެ ގިނަ ބަޔަކު ޖޯކު ޖަހަނީ!

Aishath Naja
އައިޝަތު ނަޖާ
Aug 12, 2025, 03:27 AM

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް އޭޓީއެމް އިފްތިތާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާތީ އެއީ މި ސަރުކާރުގެ މެގަ ޕްރޮޖެކްތޯ ސުވާލުކޮށް މީސްމީޑިޔާގައި ގިނަ ބަޔަކު ޖޯކު ޖަހަން ފަށައިފިއެވެ.

Advertisement

މީސްމީޑިޔާ މަންސަތަކުގައި ގިނަ ބަޔަކު މިކަމަށް ޖޯކު ޖަހަމުންދަނީ މިހާރު ބ އަތޮޅަށް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ ކުޑަރަކިލަށް ވަޑައިގެން އެ ރަށުގައި ގާއިމުކޮށްފައިވާ ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އިފްތިތާހުކޮށްދެއްވުމާއި ގުޅިގެންނެވެ.

މީސްމީޑިޔާގައިވާ ޕޯސްޓެއްގައި މުއިއްޒުގެ ސަރުކާރުގެ މެގަ ޕްރޮޖެކްޓާއި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މެގަ ޕްރޮޖެކްޓާ އަޅާ ކިޔާފައިވެއެވެ.

އެގޮތުން ރައީސް ޔާމީންގެ މެގަ ޕްރޮޖެކްޓަކީ ސިނަމާލެ ބްރިޖްކަމަށާއި އެފަދަ މެގަ ޕްރޮޖެކްޓެއް މުއިއްޒުގެ ސަރުކާރަށް ނުއުފެއްދޭނެކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

އެހެން ޕޯސްޓުތަކަށް ބަލާލާއިރު ކުރީގެ ރައީސުން ރަށްރަށަށް ވަޑައިގެން އިފްތިތާހު ކޮށްދެެއްވަނީ ބޮޑެތި މަޝްރޫއުތައްކަމަށާއި މި ސަރުކާރު އައި ފަހުން ދެ އަހަރު ވާއިރު ވެސް ރަށްރަށުގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ނިމިފައިނުވާކަމަށް ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބު ދުވަސްވަރު ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދުނުކަމަށް މުއިއްޒު ބ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved