April 17, 2026
Advertisement
ވައްޑެ
ވައްޑެ / ތޭރަ އޮންލައިން

ލާމަރުކަޒީ ބިލާއި ގުޅިގެން ކުޑަރިކިލު ކައުންސިލް ރައީސް ކަންބޮޑުވުން ފާޅުކުރުމުން އިތުރު ރަށެއްގެ ކައުންސިލް ރައީސަކަށް ވާހަކަ ދައްކަން މުއިއްޒު ފުރުސަތު ނުދިން: ވައްޑެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 07:13 PM
މާލެ ސިޓީ

ލާމަރުކަޒީ ބިލާއި ގުޅިގެން ކުޑަރިކިލު ކައުންސިލް ރައީސް ކަންބޮޑުވުން ފާޅުކުރުމުން އިތުރު ރަށެއްގެ ކައުންސިލް ރައީސަކަށް ވާހަކަ ދައްކަން މުއިއްޒު ފުރުސަތު ނުދިންކަމަށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މުއިއްޒު ބ އަތޮޅުގެ ރަށްތަކަށް މިހާރު ކުރަމުން ގެންދާ ދަތުރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

މިގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސްފައިވަނީ ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ކައުންސިލްތަކުން ބާރު ފޯރުވުން ހުއްޓުވުމަށް ކަމަށް މުއިއްޒު ބުނެފައިވާއިރު މުއިއްޒަކީ މާލޭ ސިޓީގެ މޭޔަރު ކަމުގައި ގަސް ވިއްކުމުގެ ވިޔަފާރި ކޮށްފައިވާ ފަރާތެއް ކަމަށް ވައްޑެ ބުނެފައިވެއެވެ.

-
-

ކުޑަރިކިލު ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހުރި ކަންބޮޑުވުން ފިލުވައިދޭން އެދިފައިވެއެވެ.

އެކި ދުވަސްވަރު ލާމަރުކަޒީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އޭގެއިން ނޭދެވޭ އަސަރު ކުރާ ކަމަށާއި މަޖިލީހުން މިހާރު ފާސްކޮށްފައި އޮތް ބިލަކީ ގިނަ ކައުންސިލްތަކުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު އަަތޮޅު ތެރެއަށް ކުރައްވާ މިފަދަ ދަތުރުތަކުގައި އާންމުންގެ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ނުދީ ހަނިކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved