March 26, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ތުރުކީއިން، ނޭޓޯގެ ހުއްދައަކާ ނުލާ ޑްރޯނެއް ދީފާނެ ކަމާ މެދު ރައީސް ޔާމީން ސުވާލު އުފައްދަވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2024, 05:19 AM
މާލެ ސިޓީ

ރާއްޖޭގެ ކަނޑު ސަރަހައްދުގެ ރައްކާތެރިކަން ޕެޓްރޯލުކޮށް ބެލެހެއްޓުމަށް ތުރުކީއިން ހަދިޔާކުރާ ސާވަލައިންސް ޑްރޯންއަކި ނޭޓޯގެ ހުއްދައާ ނުލާ ލިބިދާނެ އެއްޗެއް ކަމާ މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނި ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވެފައި ނޭޓޯގެ ހުއްދައާ ނުލާ އެފަދަ ވަސީލަތެއް ރާއްޖެއަށް ތުރުކީއިން ފޯރުކޮށްނުދޭނޭ ކަމަށް ނުވަތަ ނުދެވޭނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ނޭޓޯގެ ހުއްދައާ އެކު އެފަދަ އާލާތެއް ރާއްޖެއަށް ހަދިޔާކުރާ ނަމަ އޭގެ ފަހަތުގައި ނުރައްކަލެއްގެ ރަނގަބީލު އޮންނާނެ ފަދަ މޭރުމަކުންވެސް ފާހަގަކުރައްވާފައެވެ.

ތުރުކީއަކީ ނޭޓޯ ގައުމެއް. މިކަހަލަ އެއްޗެއްހި ތުރުކީއިން ބޭރުކުރެވޭނެ ތޯ ނޭޓޯގެ ހުއްދަ ނެތި. ނޭޓޯގެ ކޮމަނ ްޕޮލިސީ ނޯންނާނެތޯ މިކަމުގައި، ތުރުކީއަށް ހަމަ އަށް ރާއްޖެއަށް ބައިލެޓަރީވެގެން މިކަން ކުރެވިދާނެތޯ؟ އެހެންވީމަ ތުރުކީއާ އެކު އަދި އެއްބަސްވުމެއް އޮތް ނަމަވެސް އެ ފާރމްނަސްއެއް ނާންނާނެ އަދި ނޭޓޯގެ ހުއްދަ އާ ނުލާ. ނޭޓޯއަށް މުހިއްމު ކަމަކަށް ވެދާނެތޯ ނޭޓޯގެ އަސްކަރީ މުހިއްމު އެފަދަ ސާމާނު ރާއްޖެއަށް ދޭން؟

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު، ނޭޓޯއާ އެމެރިކާއަކީ ވެސް ގާތް ގުޅޫން އޮންނަ ބަޔަކަށްވާއިރު އެމެރިކާއިންވެސް ރާއްޖެއަށް ޕެޓްރޯލް ކުރަން އަސްކަރީ އުޅަނދުތަކެއް ހޯދައިދިނުމުގެ ޝައުގުފާޅުކޮށްފައިވުމުން މިކަމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމާ މެދު ސުވާލު އުފައްދާނެ ޖާގަ ތަނަވަސްވެގެންދާ ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved