March 11, 2026
Advertisement
-
- / ރާއްޖެއެމްވީ

އިންޑިއާ އައުޓް ކެމްޕޭނަށް ފައިނޭންޝިއަލީ އެންމެ ބޮޑު ރޯލެއް އަދާކުރީ މުއިއްޒު: މުހައްމަދު އިސްމާއީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 07:14 PM
މާލެ ސިޓީ

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ލީޑަރޝިޕްގެ ދަށުން ފެއްޓެވި އިންޑިއާ އައުޓް ކެމްޕޭނަށް މާލީ ގޮތުން އެންމެ ބޮޑަށް ހަރަކާތްތެރިވީ މިހާރުގެ ރައީސް މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

Advertisement

އިންޑިއާ އައުޓް ކެމްޕޭން ހަރަކާތްތަކަށް އަތޮޅު ތެރެއަށް ކުރެއްވި ދަތުރު ދަތުރުތަކުގައި އިސްމާއިލްގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރު ހަސަން މުފީދު، މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނަބީލް، ވެމްކޯގެ ޑެޕިއުޓީ މެނޭޝިން ޑިރެކްޓަރު ޝަހީދު އަދި އައްބާސް ބައިވެރިވި ކަމަށް އިސްމާއިލް ފާހަގަކުރިއެވެ.

މީޑިއާތަކާއި ވާހަކަދައްކަވަމުން އިސްމާއީލް ވިދާޅުވީ މި ކެމްޕޭނަށް ފައިނޭންޝިއަލީ އެންމެ ބޮޑަށް ހޭދަކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ.

މި ކެމްޕޭނަށް އެންމެ ބޮޑު ރޯލެއް ފައިނޭންޝަލީ އަދާކޮށް ދެއްވި ބޭފުޅަކަށް ހަގީގަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެގެންދާނެ

އިސްމާއީލް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭުޔަރަކަށް މުއިއްޒު ހުންނެވިއިރު، މާލޭގެ ބިންތައް ދޫކޮށްލައިގެންނާއި މަގުތަކުން ޕާކިން ޒޯން ވިއްކައިގެން އަދި ސިޓީ ކައުންސިލުން ހިންގި މަޝްރޫއުތަކުން ކޮރަޕްޝަން ހިންގައި، މާލީ މަންފާ ހޯދާފައިވާ ކަމަށްވެސް އިސްމާއީލް ތުހުމަތުކޮށްފައިވެއެއެވެ.

މި މައްސަލަތައް އެއްވެސް އިދާރާއަކުން ބަލާ ފިޔަވަޅެއް އަޅާފައިނުވާއިރު، މި މަސައްލަތަކުގެ ހެކިވެސް މިހާރު ނައްތާލައިފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރާނެ ކަމަށް މުއިއްޒު ވައުދުވެ، ވެރިކަމާއި ހަވާލުވެ އިންޑިއާ ސިފައިން ރާއްޖޭގައި އެކި ނަން ނަމުގައި ބައިތިއްބާ އިންޑިއާގެ އަސްކަރީ އުޅަނދުތައް އަންނަނީ މި ގައުމަށް އެތެރެކުރަމުންނެވެ. މީގެ އިތުރުން، އައުޓް ކުރާނެ ކަމަށް ބުނި އިންޑިއާއާއި އިތުރަށް ގުޅުން ވަރުގަދަ ކުރާތަން ސަރުކާރުގެ ތެރެއިން އަންނަނީ ވަރަށް ބޮޑަށް ދައްކަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved