March 11, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

އީޕީއޭ އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 08:11 PM
މާލެ ސިޓީ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Advertisement

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމު ޒިންމާ މަތި ކުރެވިފައިވާ އީޕީއޭ އުވާލުމަށްފަހު، އެތަނުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް މުއިއްޒު ވަނީ އޭގެ އިތުރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ޕްރޮސެސް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބަލައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ގަވައިދު ތަކާއި އުސޫލުތައް ބަދަލު ކުރުމަށް ވެސް އަންގަވާފައެވެ.

އީޕީއޭ އުވާލަން ސަރުކާރުން ނިންމި އިރު އެ އޮފީސް ހިނގަމުން ދިޔަ ގްރީން ބިލްޑިންގ ވެސް ވަނީ މި ސަރުކާރުގެ ތެރޭގައި އަނދާ ހުލިވެގެން ގޮސްފައެވެ.

އަދި އެ އިމާރާތުގައި ހިނގަމުން ދިޔަ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ސަރުކާރުން އުވާލުމަށް ފަހު އެ މިނިސްޓްރީގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved