February 27, 2026
Advertisement
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕީއެންސީގެ ވަޓްސް އަޕް ގްރޫޕުތަކުން ބޭރުކޮށްފި
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕީއެންސީގެ ވަޓްސް އަޕް ގްރޫޕުތަކުން ބޭރުކޮށްފި / މަޖިލިސް

ދައުރު ދަންމާލަނީ ބިލުތައް ނިންމާކަށް ނޫން: އަބްދުއްރަހީމް

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 08:11 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލަނީ އެއްވެސް ހާލަތެއްގައި އަވަސް އަރުވާލައިގެން ކަންކަން ނިންމަން ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

Advertisement

މުހިންމު މަސައްކަތްތަކެއް ނިންމަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަަ ދައުރު އޮގަސްޓު 21، ގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދައުރު ދަންމާލަނީ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފަ އެއް ނުވެއެވެ.

ދައުރު ދިގު ދަންމާލުމަށް ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެކަމާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.

މަޖިލީހުގެ މަސައްކަތްތައް އިތުރު ހަފްތާ އެއް ހާ ދުވަހަށް ދިގު ދަންމާލާފައި މިވަނީ އަވަސް އަަރުވާލައިގެން ބައެއް ބިލުތަކުގެ މަސައްކަތް ކުރަން ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތުކުރެއެވެ.

އަބްރުއްރަހީމް ވިދާޅުވީ ދައުރު ދަންމާލީ ނުނިމި ހުރި މަސައްކަތްތަކެއް ނިންމަން ކަމަށެވެ. އަދި ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް ދިޔަޔަސް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނުހުއްޓޭނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ދައުރު ދިގުދަންމާލާފައިވާ އިރު ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް އިތުރު ބިލެއް ހުށަހަޅަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އެ ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލުން އެކަށީގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved