April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބ. ތުޅާދޫ ބިން ހިއްކުމަށް ފަޅުތެރެއިން ވެލި ނަގަން ނިންމީ ކުރީ ސަރުކާރުން: މުއިއްޒު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 10:14 PM
މާލެ ސިޓީ

ބ. ތުޅާދޫ ބިން ހިއްކުމަށް ފަޅުތެރެއިން ވެލި ނަގަން ނިންމާފައި އޮތީ ކުރީ ސަރުކާރުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

މުއިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތުޅާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު، ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ކައުންސިލާއި ހިއްސާކޮށްފައިނުވާކަން ކައުންސިލުންވަނީ ބުނެފައެވެ.

މިގޮތުން، ރައްޔިތުން މި މަޝްރޫއުތަކާއި ގުޅިގެން ކައުންސިލާއި ކުރަމުންދާ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށްވެސް ކައުންސިލްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އަދި ތުޅާދޫ ފަޅު ތެރެއިން ވެލި ނުނެގުމަށްވެސް ކައުންސިލުން ވަނީ އެދެފިއެވެ.

މި ވާހަކައަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ފަޅުތެރެއިން ވެލި ނަގަން ނިންމާފައިވަނީ އެމްޑީޕީ ސަރުކާރުން ކަމަށާއި މި ސަރުކާރުން ބިން ހިއްކާނީ ބޭރުން ވެލި ނަގައިގެން ކަމަށެވެ.

މި ސަރުކާރަށް ފާޑު ކިޔާ ކޮންމެ ކަމަކުންވެސް ކުރީ ސަރުކާރު ކުށްވެރިކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved