theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
އިތުރު ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ނެގުމަށް ގާނޫނެއް ފާސްކޮށްފި
Sudha Latheef
ސުދާ ލަތީފް
12 އޯގަސްޓު 2025
މާލެ ސިޓީ

އެޓާނީ ޖެނެރަލް އޮފީހުގެ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްމައްޗަށް ނެގުމަށް ގާނޫނަށް ގެނައި ބަދަލުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވެއެވެ.

އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައިއޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މުއިއްޒުއަށް އިތުރު ބާރުތަކެއް ދިނުމަށް ބިލު ފާސްކުރަން 65 މެންބަރުން ވަނީ ވޯޓުދީފައެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ ހަތަރު މެންބަރުންނެވެ. ކޮމިޓީ މަރުހަލާގައި ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ.

މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެން ޖެހޭގޮތަށް މާއްދާއެއް ވަނީ ހިމަނާފައި ކަމަށް މިއަދު ފާސްކުރި ބިލުގައި އޮތެވެ.

ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް ވެސް މި ބިލުގައި ހިމަނާފައި ވެ އެވެ.

ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ތަސްދީގު ކުރުމާ އެކު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved