May 3, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ސީޕީ ހުސެއިން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ސާވަލަންސް ޑްރޯނެއް ގެނެސްފިނަމަ ބޭރުގެ އަސްކަރިއްޔާ އިތުރުވުމުގެ ފުރުސަތު އޮންނާނެ: ކުރީގެ ސީޕީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2024, 04:46 AM
މާލެ ސިޓީ

ސާވަlލައިންސް ޑްރޯނެއް ރާއްޖެ ގެނެސްފިނަމަ ބޭރުގެ އަސްކަރިއްޔާ ރާއްޖެގައި އިތުރުވުމުގެ ފުރުސަތު އޮންނާނެކަމަށް ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހުށަހެޅުމަށް ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ، ދޯސްތީ އެކްސަރސައިޒްތައް ކުރިއަށް ގެންދަނީ ވެސް ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށާ އިންޑިއާ ސިފައިން މި ގައުމުން ބާލަން ނިންމާފައި އޮތް ނަމަ އެވަރުގެ އެކްސަރައިޒްތަކެއް އިންޑިއާއިން ނުހިންގާނެ ކަމަށެވެ.

ނެޝަނަލް ޑިފެންސްގައި ގިނަ ދުވަހު ކުރެއްވި ތަޖުރިބާއެކު ހުސެއިން ވިދާޅުވީ، މިހާރު ސަލާމަތާ ރައްކާތެރިކަން ބަލަހައްޓަން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ތެެރެއިން، ތުރުކީއިން ދޭން އުޅޭ ސާވލައިންސް ޑްރޯނުގެ ވާހަކަ އަޑު އިވުމުން ހައިރާން ވާ ކަމަށެވެ.

އެހެނީ ތުރުކީއަކީ ނޭޓޯގެ ބާރުގެ ދަށުގައި އޮންނަ ގައުމަކަށްވާއިރު އެ ވިދާޅުވާ ފެންވަރުގެ ސާވަލައިންސް ޑްރޯން ދީފާނެ ކަމާ މެދު ޝައްކު ނުއުފެދޭ ކަމަށާ އެ ވިދާޅުވާ ޑްރޯނެއް ނުވެސް ގެންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ނުވެސް ގެންނާނެ އެ ބުނާ ޑްރޯނެއް. އެހެން ނޫން މިހާރު ފޮޓޯ ނަގާ ވީޑިއޯ ނަގަން މިގެންގުޅޭ ޒާތުގެ އެއްޗެއް ނުދީފާނެ އެކޭ ނޫން. އަނެއްކާ އެ ބުނާ ސާވަލއިންސް ޑްރޯނެއް ގެނެސްފިނަމަ ދެން އަނެއްކާވެސް ފެނިގެން ދާނީ ބޭރުގެ އަސްކަރިއްޔާ މިގައުމުގައި އިތުރުވެގެން ދާ މަންޒަރު.

ކުރީގެ ސީޕީ ހުސެއިން

ހުސެއިން މިހެން ވިދާޅުވިއިރު، މިހާރުވެސް އިންޑިއާ ސިފައިން މިގައުމުގައި ތިބެގެން އިންޑިއާއިން ފޯރުވަމުން ގެންދާ ނުފޫޒާ ހުރެ ގައުމުގެ ިއސްތިގުލާލު ގެއްލިގެން ދާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved