March 12, 2026
Advertisement
ޝިއުނާ
ޝިއުނާ / ހުރިހާ.އެމްވީ

އެހެން މުވައްޒަފުންނަށް ނުލިބޭ ޚާއްސަ ރިލީޒް ޝިއުނާއަށް އެމްއޭސީއެލް އިން ދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 13, 2025, 12:44 AM
މާލެ ސިޓީ

އެހެން މުވައްޒަފުންނަށް ނުލިބޭ ޚާއްސަ ރިލީޒް ޕީއެންސީ އެކްޓިވިސްޓް މަރިޔަމް ޝިއުނާއަށް އެމްއޭސީއެލް އިން ދޭކަމުގެ ޝަކުވާތައް އިތުރުވެއްޖެއެވެ.

Advertisement

މިގޮތުން، ބޮޑު މުސާރައާއެކު އެމްއޭސީއެލް އިން ވަޒީފާ ދީފައިވާ ޝިއުނާ މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކޮށް ރައީސް މުއިއްޒުގެ ދަތުރުތަކުގައި އުޅެމުންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޝިއުނާ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެެންދްރަ މޯދީއަށް ސޯޝަލް މީޑިޔާގައި ފުރައްސާރަ ކުރި މައްސަލައިގައި ވަނީ ސަސްޕެންޑް ކޮށްފައެވެ.

ނަމަވެސް ސަސްޕެންޝަނުގެ މުއްދަތުގައިވެސް މުސާރަ ބަރާބަރަށް ހިނގަމުންދާތީ ރައްޔިތުންގެ ފާޑުކިޔުންތަކުގެ ޕްރެޝަރާއި ހުރެ މުއިއްޒު ވަނީ ބޮޑު މުސާރައާއި އެކު އެމްއޭސީއެލް އިން ޝިއުނާއަށް ވަޒީފާ ދީފައެވެ.

އެމްއޭސީއެލްގެ އެހެން މުވައްޒަފުންނަށް ނުލިބޭ ޚާއްސަ ރިލިޒްތަކާއި އިނާޔަތްތައް ޝިއުނާއަށް ލިބެމުންދާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް ޝިއުނާ ފެނިގެންދަނީ މުއިއްޒުގެ ދަތުރުތަކުގައި މުއިއްޒު ޕްރޮމޯޓްކުރަން ހުރި ޕާސަނަލް ފޮޓޯގްރަފަރެއްގެ ގޮތުގައެވެ.

ވަޒީފާގެ ގާނޫނާއި ޚިލާފަށް ޝިއުނާ އުޅެމުންދާއިރު މިކަމަށްވެސް ފިޔަވަަޅެއް އަރާނެ ފަރާތެއް ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved