March 20, 2026
Advertisement
ގޮނޑިއަށް ދިމާވި މައްސަލައެއްގައި ދަތުގެ ބަލި މީހުން ބެލުން މެދު ކަނޑާލައިފި
ގޮނޑިއަށް ދިމާވި މައްސަލައެއްގައި ދަތުގެ ބަލި މީހުން ބެލުން މެދު ކަނޑާލައިފި / igmh

ދަތުގެ ޑިޕާޓުމެންޓުގެ ގޮނޑި ހަލާކުވެ ޑޮކްޓަރަށް ދައްކަން ތިބި މީހުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

Aug 13, 2025, 12:43 AM
މާލެ ސިޓީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ދަތުގެ ޑިޕާޓުމެންޓުގައި ބަލިމީހާ ޑޮކްޓަރަށް ދައްކަން އިށީންނަ ގޮނޑި ހަލާކުވެ ޑޮކްޓަރަށް ދައްކަން ތިބި މީހުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޮނޑިއަށް މައްސަލަ ދިމާވެފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ ދުވަހު ޑޮކްޓަރަށް ދައްކަން ތިބި މީހުން ރީޝެޑިއުލްކޮށް އަންގާރަ ދުވަހަށް އެޕޮައިންޓުމަންޓު ދިން ނަމަވެސް އަނެއްކާވެސް ހޯމަ ދުވަހު ވަނީ އެ ބަލި މީހުންނަށް ގުޅާ އެޕޮއިންޓުމަންޓު ކެންސަލުކޮށްފައިވާ ކަމަށް މައުލޫމާތު ދީފައެވެ. ހޮސްޕިޓަލުގެ ފަރާތުން ގުޅި މުވައްޒަފު ވިދާޅުވީ، "އަޅުގަޑުމެންގެ ޑެންޓަލް ޗެއަރ" އަށް މައްސަލައެއް ދިމާވެ ހަލާކުވުމާ ގުޅިގެން އެޕޮއިންޓިމަންޓު އަނެއްކާވެސް ޖެހޭނީ އެހެން ދުވަހަކަށް ރިޝެޑިއުލްކޮށްލަން" މިފަދައިން ކަމަށްވެއެވެ.

މިފަހަރު ރީޝެޑިއުލް ވާނީ ކޮން ދުވަހަކަސް ކަން ސީދާ ދަންނަވަން އުނދަގޫ ކަމަށާ އެޕޮއިންޓުމަންޓު ފަސް ކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށްވެސް ބަލި މީހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް އަފީފާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved