March 10, 2026
Advertisement
-
- / ފޭސްބުކް

ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮއްވައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 13, 2025, 08:16 AM
މާލެ ސިޓީ

ރައީސް މުއިއްޒުގެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ބ.ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮންނަކަން ނޭގި އެ ރަށުގައި ފުޓްސަލް ދަނޑެއް އަޅަން އިއުލާންކޮށް ފާޑުކިޔުންތައް އަމާޒުވުމުން އެ އިއުލާން ބާތިލުކޮށްފިއެވެ.

Advertisement

މުއިއްޒު ބ އަތޮޅަށް ކުރައްވާ ދަތުރާއި ދިމާކޮށް، ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އަޅަން، ސްޕޯޓްސް މިނިސްޓްރީން އޯގަސްޓު 07 ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކުރީ އިއްޔެ މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ފަހުން ކަމަށްވެއެވެ.

ބާތިލްކުރި އެ އިއުލާނުގައި ވަނީ ކުޑަރިކިލު ފުޓްސަލް ދަނޑުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓު 14، ނިޔަލަށް ރަޖިސްޓްރީކުރުމަށެވެ. ބީލަމާ ގުޅޭ މައުލޫމާތު ދިނުން އޯގަސްޓު 17، އަށް ތާވަލުކޮށް، ބީލަން ހުށަހަޅަން ޖެހޭ ތާރީހަކަށް ކަނޑައަޅާފައި އޮތީ އޯގަސްޓު 27، އެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ހާމަކޮށްފައިވާ ގޮތުގައި މުއިއްޒު އާއި ސަރުކާރުގެ ޓީމަށް އެ ރަށުގައި، ކުރީ ސަރުކާރުން އަޅާފައި އޮތް ފުޓްސަލް ދަނޑެއް އޮތްކަން އެނގުނީ، އިއްޔެގެ ބައްދަލުވުމުގައި އެ ވާހަކަ ބުނުމުން ކަމަށެވެ.

މިއާއި އެކު، މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ އެ އިއުލާން ބާތިލުކުރިކަން ގެޒެޓްގައި ހާމަކޮށްފައިވެއެވެ.

ރައްޔިތުންގެ ފަޅީގައި ހުރެގެން ވެެރިކަން ކުރައްވަން ބޭނުންފުޅުވާ މުއިއްޒު ފެއްޓެވުމަށް ނިންމަވާފައިވާ މިފަދަ މަޝްރޫއުތަކުގެ ހިލަމެއް ރަށްރަށުގެ ކައުންސިލުތަކަށް ލިބިފައިވާ ނުވާ ކަން ކައުންސިލުތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved