March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލަންކާގައި ލެޕްރަސީ ފެތުރެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 14, 2025, 03:30 AM
މާލެ ސިޓީ

ލަންކާގައި ލެޕްރަސީގެ ވޭދަނަތައް އިތުރުވަމުންދާތީ ސިއްހީ އިދާރާތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށް އެ ގައުމަށް ސަމާލުވާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

ލަންކާގެ މޮރަޓުވާ ސަރަހައްދުގައި ހިމެނޭ އެގޮޑައުޔާނާ ސަރަހައްދުން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ލެޕްރަސީ ބަލި މީހުން ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ހަ ކުޑަކުދިންނާއެކު ޖުމްލަ 23 ލެޕްރަސީ ޕޮޒިޓިވް މީހުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި ލެޕްރަސީއަށް ޝައްކުކުރެވޭ 31 މީހުން ޑާމެޓޮލޮޖީ ކްލިނިކަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ބަޔަކު ލެޕްރަސީއަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށް އެގޮޑައުޔާނާ ސިއްހީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

ލެޕްރަސީއަކީ އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ ދީގެން ރަނގަޅުކުރެވޭ ބައްޔެއް ކަމަށާއި، ބަލި ޖެހިފައިވާ މީހުން ބައްޔަށް ބިރުގަތުމުގެ ބަދަލުގައި ފަރުވާ ހޯދުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ބަލި ޖެހިފައި ހުންނަތާ 15 އަހަރު ފަހުންވެސް ބަލީގެ އަލާމާތްތައް ފެނިދާނެ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.

ނަމަވެސް، ގިނަ ބަލި މީހުން ބަލި ސިއްރުކުރަން މަސައްކަތްކުރުމުގެ ސަބަބުން ބަލީގެ ހާލަތު އިތުރަށް ގޯސްވެ، ބަލި މީހުން ފާހަގަކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ދިވެހިންނަކީ ގިނަ އަދަދަކަށް ލަންކާއަށް ދަތުރުކުރާ ފަރާތްތައް ކަމުން މި ބައްޔާއި މެދު ސަމާލްވުން މުހިއްމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved