March 17, 2026
Advertisement
ގަރުދިޔައާ ބަތަށް ރައްޔިތުން ތިރިވީ ފަދައިން، ފާނޫޒާ އުއްބަތިއަށް ތިރިވާން ނުޖެހުނިއްޔާ ވާ ރަގަޅު!
ގަރުދިޔައާ ބަތަށް ރައްޔިތުން ތިރިވީ ފަދައިން، ފާނޫޒާ އުއްބަތިއަށް ތިރިވާން ނުޖެހުނިއްޔާ ވާ ރަގަޅު! / ތޭރަގްރެފިކްސް

ގަރުދިޔައާ ބަތަށް ރައްޔިތުން ތިރިވީ ފަދައިން، ފާނޫޒާ އުއްބަތިއަށް ތިރިވާން ނުޖެހުނިއްޔާ ވާ ރަގަޅު!

Aug 14, 2025, 12:40 AM
މާލެ ސިޓީ

ނިމިދިޔަ ސަރުކާރުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތް އެއް ކަމަކީ ކަރަންޓު ބިލު ބޮޑުވުމެވެ. އަތު ފަތު ނުޖެހޭ ވަރުގެ ބިލުތައް ކުޑަ ކުޑަ ގޭބިސީތަަކަށްވެސް އައުމެވެ. ބިލުތަކަށް ވާއެއް ނުވާއެއް ނޭނގޭކަމުގެ ޝަކުވާއާ ނުުރުހުމެވެ. ވެރިން ރައްޔިތުންގެ ޖީބު ލޫޓުވާން ބިލަށް މަކަރު ހަދާ ވާހަކައެވެ.

Advertisement

މިކަންވެސް ބަދަލުކުރަން އެހެންކަމުން ރައްޔިތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒަށް ވޯޓުދިނެވެ. ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވާނެކަމުގެ ނުހަނު ބޮޑު އިތުބާރާއެކުއެވެ.

ނަމަވެސް މިއަދު ރައްޔިތުން ބުނަނީ ޖެހުނީ ގަތް ވަޅަށް ކަމަށެވެ. ކުރިއަށް ވުރެ އަދި މާ ގޯސްކޮށް ކަމަށެވެ. އެއާއެކު ޅިނދު ކަށިގަަނޑަށް އެރި ތަދުގެ ވަރުގަދާކަމާއެކު ބިލުތައް ބޮޑުވާ ބޮޑުވުމުގެ ރުޅިއާއެކު އަނެއްކާވެސް އިތުރު ރުޅިއެއް ގަދަވެއްޖެ ކަމަށްވެސް ރައްޔިތުން ބުނަން ފަށައިފިއެވެ.

އެގޮތުން ބިލުތައް ބޮޑުވުމުން މީހަކަށް ސަލާން ޖަހައިގެން ނަމަވެސް އަސާސީ ހައްގު މެދު ނުކެނޑި އަނބިދަރިންނަށާ އާއިލާއަށް ފޯރުކޮށްދޭން ރައްޔިތުން މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ އިހުމާލުން އެ ޚިދުމަތް މެދު ކެނޑި އަމިއްލަ ދިރިއުޅުމަށް ބުރޫ އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ރައްޔިތުން ވަނީ ބުނަން ފަށަފައެވެ.

އެގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެ ހައްގުކަމުގައިވާ ކަރަންޓު އިރު އިރު ކޮޅާ މިހާރު ކެނޑެމުންދާ މައްސަލައިގައި ރައްޔިތުން މިހާރު ތިބީ ވަރަށް ނައްޓާފައެވެ. ރައްޔިތުން ބުނަމުން ދަނި ނާގާބިލުކަމުގެ އިންތިހާ ސަރުކާރެއް ކަމަށެވެ. މީގެ ކުރިން ބިލުތައް ބޮޑުވިޔަސް ކަރަންޓު ހަމައަށް ލިބުނު ކަމަށެވެ. މިހާރު އެވަރުވެސް ނުވާ ކަމަށް ބުނެ ރައްޔިތުން ދަނީ މި ސަރުކާރާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

ރައްޔިތުން ބުނަމުން ދަނީ މީގެ ކުރިންވެސް އިގްތިސޯދު އަރި އަޅާލުމުން ވެރިން އެންގގީ ރައްޔިތުން ގަރުދިޔައާ ބަތަށް ތިރިވެލަން ކަމަށެވެ. އެހެންކަމުން އިރު އިރު ކޮޅާ ކަރަންޓުދާ މައްސަލައިގައި ރައްޔިތުން ފާނުޒާ އުއްބަތިއަށް ރިރިވެލަން ނުބުނިއްޔާ ވާރަގަޅު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved