March 11, 2026
Advertisement
-
- / ސަން އޮންލައިން

ދޮންފަނު ކައުންސިލް ރައީސްގެ އާދޭސް މުއިއްޒަށް: ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ ފަދަ ބިލެއް ތަސްދީގު ނުކުރައްވާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 14, 2025, 06:40 PM
މާލެ ސިޓީ

ކައުންސިލުތަކުގެ މާލީ މިނިވަންކަމަށް ބުރޫ އަރާފަދަ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާ އެ ގާނޫނަށް ގެންނަ އިސްލާހުތައް އާންމުންގެ ހިޔާލަށް ހުޅުވާލައި އެ ބިލު ފާސްކޮށްފައިވާ މައްސަލައިގައި ގިނަ އަދަދެއްގެ ކައުންސިލުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ބ އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި މިއަދު ދޮންފަނަށް ވަޑައިގަތުމުން ދޮންފަނު ކައުންސިލް ރައީސް ވަނީ  ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ ފަދަ ބިލެއް ތަސްދީގު ނުކުރެއްވުމަށް އާދޭސް ދަންނަވާފައެވެ.

ރައްޔިތުންގެ ފަޅީގައި ހުރެ ރައްޔިތުންގެ އިހުސާސްތައް އަޑުއަހައިގެން ވެރިކަން ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި ރައީސް މުއިއްޒުގެ ކުރިމަތީގައި ދިވެހިން މިފަދައިން އާދޭސް ދަންނެވުމަކީ މުއިއްޒު ލަދުވެތިވާންޖެހޭނެ ކަމެކެވެ.

ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުއްމީދަކީ ލާމަރުކަޒީ ގާނޫނީ ބާރުވެރިކަން. ކައުންސިލް އިމާރާތްތަކަށްވުރެ މާ މުހިއްމު. ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ ބައެއް އިސްލާހުތަކާއި މެދު ނުހަނު ކަންބޮޑުވޭ. ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރުމަށް ރައީސްގެ ކިބައިން ވަރަށް އަދަބުވެރިކަމާއިއެކު އެދެން.

ދޮންފަނު ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި ބިލާއި ގުޅިގެން 30 އަކަށް ވުރެ ގިނަ ކައުންސިލްތަކުން އެ އިސްލާހުތަކާ މެދު ހިތްހަމަނުޖެހިގެން ވަނީ ނޫސް ބަޔާންތަކެއް ނެރެފަ އެވެ. މި ބަޔާންތަކުގައި ކައުންސިލްތަކުން ބުނެފައިވަނީ އެ އިސްލާހުތަކަށް އަމަލުކޮށްފި ނަމަ، ކައުންސިލްތަކަށް ލިބިދީފައިވާ ބޮޑު މިނިވަންކަމެއް ގެއްލޭނެ ކަމަށެވެ. ކައުންސިލްތަކުން މިފަދަ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރުވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީއާއި އެކު މަޖިލީހުންވަނީ މި ބިލް ފާސްކޮށްފައެވެ.

މުއިއްޒު މިހާރު ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ފާސްކޮށްފައިވާ ބިލު ތަސްދީގު ނުކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved