March 17, 2026
Advertisement
ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި،
ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، / ގެޓީ އިމޭޖަސް

ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހު، ޣައްޒާއަށް ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅައިފި

Sudha Latheef
ސުދާ ލަތީފް
Aug 14, 2025, 08:39 PM
މާލެ ސިޓީ

ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުން ބޭއްވި މުނާސަބަތުގައި ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި, ޕާކިސްތާނުގެ ފަރާތުން މުހިންމު ބަސްފުޅުތަކެއް ދެއްވައިފިއެވެ.

Advertisement

އެމަނިކުފާނު ދެއްވި ސްޕީޗްގައި، މި ދުވަސް ފާހަގަކުރުމަށްޓަކައި އެހީތެރިވެދެއްވި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރެއިން އެކަކު ކަމުގައިވާ މިސްޓަރ ސަޢީދު އަދި މި ޙަރަކާތުގައި ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ޕާކިސްތާން-ރާއްޖެ ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނައިބު ރައީސް މިސްޓަރ ޙަމްދޫނަށް ޚާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.

ޕާކިސްތާނުގެ އައު ސަފީރު، ވިދާޅުވީ، މިއަދު ދުނިޔެއިން ޕާކިސްތާނަށް ބަލަނީ ސުލްޙައަށް އެދޭ، ނަމަވެސް ސުވާލުތަކަށް ބޯނުލަނބާ ޤައުމެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ޣައްޒާގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް ފުން ހަމްދަރުދީއާއި އެކުވެރިކަން ފާޅުކުރެއްވިއެވެ.

ޣައްޒާގައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ޙާޞިލުވަންދެން، ޕާކިސްތާނުން ދެމިހުންނާނީ ބަދަލުނުވާ ގޮތެއްގައި ޑިޕްލޮމެޓިކް، އަޚްލާޤީ އަދި ސިޔާސީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފަޕާކިސްތާނުގެ އައު ސަފީރު، ޔަގީންކަން ދެއްވިއެވެ.

މި ވާހަކަފުޅުން ދައްކުވައިދެނީ، ޕާކިސްތާނަކީ އަމިއްލަ މިނިވަންކަން ދެކޭ ގޮތަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވެތިވެފައިވާ މުސްލިމުންގެ ހައްގުތަކަށް އަބަދުވެސް އަޑު އުފުލާނެ ޤައުމެއްކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved