theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ކައުންސިލްތައް އުވާލުމުގެ ބާރު ސަރުކާރަށް ހޯދުމަށް މަސައްކަތް ފެށިއްޖެ
Sudha Latheef
ސުދާ ލަތީފް
14 އޯގަސްޓު 2025
މާލެ ސިޓީ

ކައުންސިލުތައް އުވާލުމަށް އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ފަށައިފި އެވެ.

ކައުންސިލުތައް އުވާލައި، ކައުންސިލަރުން ވަކި ކުރެވޭނެ އުސޫލެއް ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ، ލާމަރުކަޒީ ނިޒާމުން ތަސައްވުރު ކޮށްފައިވާ އުސޫލުތައް މުގުރޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަން ވިސްނާ ބަދަލުތަކެއްގެ ތެރެއިންނެވެ.

ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ އަތޮޅު ކައުންސިލުގެ ބާރު ކަނޑުވާލައި އަތޮޅުވެރިން އައްޔަން ކުރުމެވެ. އެކަމަކު، ބަދަލުތަކުގެ ތެރޭގައި ކައުންސިލުތައް އުވާލުމާއި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ކޯޓަށް ދިޔުމުގެ ބާރު އެލްޖީއޭއަށް ދިނުން ވެސް ހިމެނެ އެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ވެސް ގިނަ ކަންކަން ހިމަނާފައިވެ އެވެ. އެންމެ ބޮޑު ކަމަކަށް ލިޔެފައި އޮތީ، އެލްޖީއޭއިން ހައި ކޯޓަށް ހުށަހަޅައިގެން ކައުންސިލު އުވައިލެވިދާނެ ކަމަށް އޮތުމެވެ. އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ވެސް އެލްޖީއޭއިން ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ބާރު ސަރުކާރަށް ނަގަން ވެސް އެ ކަރުދާހައި ހުށަހަޅާފައިވެ އެވެ. މިއީކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުންނެވެ. ސަރުކާރުން ބޭނުންވަނީ، ހުރިހާ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ބައެއްގެ ގޮތަށް ހެދުމަށެވެ.

އޭގެ އިތުރުން، ޕްރައިމަރީ ހެލްތު ކެއާ އާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތްތައް ދިނުމާއި ޕްރީ ސްކޫލުގެ ހިދުމަތްތައް ދިނުމަށް ރަށު ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރަށު ކައުންސިލަށް އައްޔަން ކުރާ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ފިޔަވާ ދެން ތިބޭ މެންބަރުންނަކީ މުސާރަ ނުލިބޭ ބައެއްގެ ގޮތުގައި ހެދުމަށް ވެސް ސަރުކާރުން ބޭނުންވެ އެވެ.

އަތޮޅު ކައުންސިލުގެ ބާރުގެ ކަނޑުވާލުމަށްފަހު ސަރުކާރުން ބޭނުންވަނީ ކުރިން އަތޮޅުވެރިން އަދާކުރަމުންދިޔަ މަސައްކަތް ކުރުމަށް "އަތޮޅު މޮނިޓަރިން އަދި ރެގިއުލޭޓަރީ އޮފީސް" ގެ ނަމުގައި ކޮންމެ އަތޮޅެއްގައި އޮފީހެއް ގާއިމް ކުރުމަށެވެ. އެ އޮފީހުގެ އެންމެ އިސްވެރިޔަކީ ވަޒީރު އައްޔަން ކުރާ މީހެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އަތޮޅު މޮނީޓަރިން އަދި ރެގިއުލޭޓަރީ އޮފީހަށް ގިނަ ބާރުތަކެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved