April 24, 2026
Advertisement
-
- / ފޭސްބުކް

ރަށްރަށުގައި ހުޅުވި އޭޓީއެމްތަކުގެ ބޮޑު އިންފްރާސްޓްރަކްޗަރ ފެއިލްއެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 14, 2025, 10:21 PM
މާލެ ސިޓީ

ރައީސް މުއިއްޒު ރާއްޖޭގެ އެކި އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ތަކުގައި ވަރަށް ގިނަ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތްތައްވަނީ ފައްޓަވާ، އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުތައް އިފްތިތާހް ކޮށްފައިވެއެވެ.

Advertisement

ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އޭޓީއެމްތަކުގެ ޑިޒައިންގައި އިންފްރާސްޓްރަކްޝަރ "ފެއިލް" އެއް އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތުން، ފުރޮޅުލީ ގޮނޑި ބޭނުންކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް ވަކި ތަންކޮޅެއް އަރާ ފޭބުމަށް ހަދާފައިވާއިރު، އޭޓީއެމްގެ ތެރެއަށް ވަނުމަށް ޑިޒައިން ކޮށްފައިވަނީ މިފަދަ ފަރާތްތަކަށް ގޮނޑީގައި ވަދެވޭނެފަދަ ގޮތަކަށް ނޫނެވެ.

އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އޭޓީއެމް އަށް ވަނުމަށް ހަދާފައިވާ ދޮރުން ހުރަސްކުރުމަށް ފުރޮޅުލީގޮނޑިތަކަށް ނުވަދެވޭހެން ވަނީ އިމާރާތްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަންް ކުރައްވާފައިވާ އަލީ އާދަމް ފޭސްބުކްގައި އޭޓީއެމްއެއްގެ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ މިފަދަ ބޮޑެތި ގައުމީ މަޝްރޫއުތައް ނިންމާލާއިރު، ސިވިލް އިންޖިނިއަރިންގ ގެ ރޮނގުން ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ވެރިންނަށް މިފަދަ ކަންކަން ވިސްނި ވަޑައިނުގަންނަވަތޯ ވަނީ ސުވާލުކޮށްފައެވެ.

އަދި މި ސަރުކާރުގެ ތެރެއިން ފެނިވަޑައިގަންނަވަމުން ދަނީ ފެންވަރު ދަށް ކަންތައްތައް ކަމަށް އަލީ އާދަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުއިއްޒު ހިންގަވާ މިފަދަ މަޝްރޫއުތަކަކީ ނަމެއްގައި ރައްޔިތުންނަށް ކަމެއް ކޮށްދިނީމޭ ބުނާ އުސޫލުން ކަންތައް ކުރުން ކަން މިފަދަ ކަންތައްތަކުން ހާމަވެގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved