March 11, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ސްޓެލްކޯ އޮތީ އަޑީ ތެޔޮ ބަދަލުކުރަން ޖެހިފައި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 14, 2025, 11:27 PM

އިރު އިރުކޮޅުން މާލެ ސަރަހައްދުން ކަރަންޓު ކެނޑޭތީ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް، މުހައްމަދު މަލީހް ޖަމާލް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީއަށް ފާޑު ވިދާޅުވެެއްޖެއެވެ.

Advertisement

މަލީހް ފާޑުކިޔުން އަމާޒުކުރައްވާފައި ވަނީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހް ވިދާޅުވީ ސްޓެލްކޯގެ ހާލަތު މިހާ ދަށްވުމުން ފަހުމީ އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. ކަރަންޓު ކެނޑުމުގެ މައްސަލައަށް އެެއްވެސް ހައްލެއް ގެނެސްފައިނުވާކަމަށް އިޝާރަތްކުރައްވާ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މަލީހް އިތުރަށް ވިދާޅުވީ، މަޖިލިސް މެމްބަރު ޝާޑުގެ ފަރާތުން ސްޓެލްކޯއަށް 50 އަށްވުރެ ގިނަ ޓެކްނިކަލް މުވައްޒަފުން ވައްދާފައިވާކަމަށެވެ. މިއަދު އެ މުވައްޒަފުން ކޮބާތޯ މަލީހް ވަނީ ޕޯސްޓުގައި އަހާފައެވެ.

މަލީހް ވަނީ ސްޓެލްކޯގެ އަޑީ ތެޔޮ ބަދަލު ކުރަންޖެހޭކަމަށް ވިދާޅުވެ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުން ކަރަންޓު ކެނޑުން ވަނީ އާންމުވެފައެވެ. ނަމަވެސް ކަރަންޓު ކެނޑޭ ސަބަބު ސްޓެލްކޯ އިން އަންނަނީ ސިއްރު ކުރަމުންނެވެ.

މިގޮތަށް ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އާންމުންނަށް އަންނަނީ ބޮޑެތި ގެއްލުން ލިބެމުންނެވެ. އެގޮތުން ކަރަންޓު ބިލް ބޮޑުވުމާއި ހިފާ ގެންގުޅޭތަކެތި ހަލާކުވުން ހިމެނެއެވެ. ރައްޔިތުންގެ ނުރުހުން ސްޓެލްކޯއަށް އަމާޒުވެފައިވާ ދަނޑިވަޅުގައި ސްޓެލްކޯ އިން ކަންކަން ފޮރުވަމުން އަންނަކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved