April 27, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މުއިއްޒު ވެރިކަމަށް އައިފަހުން "ބޮޑު ތަދު" އަތުވެއްޖެ ރާއްޖެއަށް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 16, 2025, 05:09 AM
މާލެ ސިޓީ

މުއިއްޒު ވެރިކަމަށް އައިފަހުން "ބޮޑު ތަދު" އަތުވެއްޖެ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި ރައްޔިތުން ހަގީގަތުގައިވެސް މިހާރު އިހުސާސް ކުރަމުންދަނީ ބޮޑު ތަދުގެ ތަކުލީފުތައް ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް މިފަދައިން ވިދާޅުވީ ޕީއެންއެފްއިން ބްރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަމީލް ވިދާޅުވީ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގައި އެއްވެސް ތަރއްގީގެ މަޝްރޫއުއެއް ފައްޓަވާފައި ނުވާ ކަމަށާއި ހިނގަމުންދާ އަދި ނިމިފައިވާ މަޝްރޫއުއެއްވެސް ނެތް ކަމަށެވެ.

މިގޮތުން ފ.ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފައްޓަވާފައިވާ ހެލްތް ސެންޓަރުގެ މަސައްކަތްތަކަށް މި ސަރުކާރުން ފައިސާ ނުދީގެން ކޮންޓްރެކްޓަރުން އެމީހުން ޖަހާފައިވާ ދަނގަޑުތަކާއި އާލާތްތައް ނައްޓާ މަންޒަރުގެ ވީޑިއޯއެއް އާންމުވެފައިވާ ކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ތަދުމަޑުކަމާއި ބަލިމަޑުކަން ފެތުރިފައިވާ ކަމަށެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއޮތީ ތަދުމަޑުކަން އައިއްސަ އިގޭތޯ. އިންޓަވިއުތައް އެހެރީ ފެންނަން އިގޭތޯ. ރަށްރަށުގެ މީހުން ކުރަމުންދާ ވިޔަފާރި ތަކުން އެ ބުނަނީ 50% ނުވަތަ 60% ގެއްލުން ލިބޭ ވާހަކަ

ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ ޖަމީލް ވިދާޅުވީ މުއިއްޒު ގަސްތުގައި ދިވެހިން ތަދުމަޑުކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށާއި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ އަތުގައި ބާރު އޮތުން ކަނޑުވާލުމުގެ މަސައްކަތް މުއިއްޒު ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މުއިއްޒު ބޭނުންފުޅުވަނީ މުއިއްޒުގެ ފައިބުޑަށް ދިވެހިން ވެއްޓި އާދޭސްކޮށް، ވޯޓު ފޮށި މަތީގައި ބަނޑު އަޅައިގެން އޮތް ނިޒާމް އަނބުރާ ގެންނަން ކަމަށް ބުނެ ޖަމީލް ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުން ބަނޑަށް ޖައްސާފައި އެ ފައިސާކޮޅުން ރައްޔިތުންގެ ވޯޓާއި އަގީދާ ގަތުމުގެ ފަލްސަފާ މި ސަރުކާރުން މިހާރު ފަށާފައިވާކަމަށްވެސް ޖަމީލް ސިފަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved