March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރުގެ އިތުރު ޖަރީމާއެއް ހާމަވެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 16, 2025, 09:10 PM
މާލެ ސިޓީ

މާލޭގެ މޭޔަރުކަމުގެ މަގާމުގައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަން ހާމަވެއްޖެ އެވެ.

Advertisement

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްލާފައި އޮތީ ބިޑު ކޮމިޓީގެ ނިންމި ގޮތާއި ހިލާފަށް ކަމަށެވެ.

ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ ލ.ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާއެވެ.

މި ކުންފުންޏަށް ދޭން ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށް ކަމަށާއި ނަމަވެސް އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

މިގޮތަށް އެއްބަސްވުން ކުރިއަށް ނުގެންދެވޭން ކަމަށް ވިދާޅުވެ އާޒިމް ވަނީ މާރުކޭޓުގެ ކަރަންޓް ބިލުތައް ވެސް ދައްކާފައިނުވާކަން ފާހަގަކޮށްފައެވެ. މިގޮތުން، ޕެންޑިންގ ބިލްތަކަށް 437،000 ރުފިޔާ އަރާފައިވާ ކަމަށް ބުނެ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވަނިކޮށް އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

މިކަން މި ފަދައިން ހާމަވެފައިވާއިރު މާރުކޭޓު ދީފައިވަނީ އަދު މަޖިލިސް ރައީސް އަބްދުއްރަހީމަށް ބައި އެޅޭ ގޮތަށް ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved