April 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދައުލަތުގެ ހެޔޮފުޅުކަމުން ކަންކަންކޮށްދީ ރައްޔިތުން ނިކަމެތިކުރުމުގެ އުކުޅު މިހާރު ބޭނުން އެ ކުރަނީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 17, 2025, 12:57 AM
މާލެ ސިޓީ

ކައުންސިލްތަކުގެ ބާރު ކަނޑުވާލާ މި ސަރުކާރުން މަސައްކަތްކުރަނީ "ދައުލަތުގެ ހެޔޮފުޅު" ކަމުން ކަންކަން ކޮށްދިން ޒަމާން އިޔާދަކޮށް ސިޔާސީ އުކުޅެއްގެ ގޮތުގައި ބޭނުންކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ކޮންޓްރެކްޓަށް މުވައްޒަފުން ނެގުން ފަދަ ކަންކަން ކައުންސިލްތަކަށް މަނާކުރިއިރު، ރައީސް ޑރ މުހައްމަދު މުއިއްޒަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވާ އެފަދަ ޖަރީމާތައް އެންމެ ގިނައިން ހިންގެވި ބޭފުޅާއަށްވާއިރު އެކަން މުއިއްޒު ހަނދުމަފުޅު ހުންނަންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލީ ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށާ އެ ސިލްސިލާ ރައީސް މުއިއްޒުގެ ފުރަތަމަ ދުވަހުން ފެޑިގެން ފަށައިފި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ކުރިން އަޅުގަޑުމެން އަޑުއަހާނެ ދެއްތޯ އަޅުގަޑުމެންގެ މައިންބަފައިންގެ ޒަމާނުގައި އިނގޭތޯ. އަޑު އަހާނެ ދައުލަތުގެ ހެޔޮފުޅުކަމުން ކަންކަންކޮށްދޭ ވާހަކަ. ދައުލަތުގެ ހެޔޮފުޅުކަމުން ކަންކަން ވާނީ އިނގޭތޯ. އެހެންވީމަ މިހާވަރަށް ރައްޔިތުން ނިކަމެތިކޮށްލާފައި މިހާވަރަށް ރައްޔިތުން ސަލާން ޖަހަން ހަދާފައި މިއީ ސިސްޓަމަކީ ރާވައިގެން ކުރާ ކަމަށްވުން ދުރުތޯއޭ. އެއީ ރައްޔިތުންނަށް މި ނިކަމެތި އައިސްގެން މިއުޅެނީ ނުވަތަ މިހތްދަތިކަން އައިސްގެން މިއުޅެނީ އޯވަރ ނައިޓަކުން ނޫން. މުއިއްޒުގެ ވެރިކަން ފެށުނު ހިސާބުން އެކަން އެބަ އޮތް. އެކަމަކު އޭނަ އަރިހުގައި ވެސް ހާސިލުންތަކެއް އެބަ އުޅޭ. އެ ހާސިލުންތައް އެ ދަނީ ބޮޑެތި އަދަދުން ވައްކަން ކުރަމުން. މުށް ޖަހާފައި ހަމަ އެއްޗެހި ނަގަމުން އެ ދަނީ. އާންމު ރައްޔިތުންގެ ހާލު އެކަމަކު ބުޅާ ފެސިލިޓީގައި އުޅޭ ބުޅާތަކަށްވުރެ ހާލު ދެރަ. އެހެންވީމަ މިކަމުގެ ބޭނުމަކަށް ވަނީ ރައްޔިތުން އަނެއްކާވެސް ދައުލަތުގެ ހެޔޮފުޅުކަމުން ކަމެއް ކޮށްދެއްވާ ހިސާބަށް ރައްޔިތުން ނިކަމެތިކޮށްލެވުމުގެ ބޭނުމުގައި ތޯއޭ. އެހެން ކަމަށްވަންޏާ އެއީ ވަރަށް ވަރުގަދަ ސިޔާސީ އުކުޅެއް އެ ހަދަނީ އިނގޭތޯ

ރައީސް ޔާމީން

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ ފަދަ ވިސްނުމެއްގައި ކަންކަންކުރާނަމަ ގައުމުގައި ނަފްރަތު އުފެދި ލޭއޮހޮރުމަކާ ދިމާއަށް މިސްރާބު ޖެހުން ގާތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved